ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ކާގޯ އޮފިސަރ

މަޤާމު

އެސިސްޓެންޓް ކާގޯ އޮފިސަރ

ބޭނުންވާ އަދަދު

2

މާޤާމުގެ ކުލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 2

މުސާރަ

މަހަކު -/4,000 ރުފިޔާ.

ސާރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ.

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން، ޔުނިޓް

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން، ކާގޯ ޔުނިޓް.

މަޤާމްގެ މަސްއޫލިއްޔަތު

ކާގޯ ޔުނިޓުގެ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމްގެ ޝަރުޠު

  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ޘާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީނަށް އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 30 އިންސައްތަ އަށްވުރެމަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައްދޫ އެއަރޕޯޓުގެ އެއަރ ކާގޯ ޔުނިޓުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ހަމަޖެހިފައިވާ ތާވަލާ އެއްގޮތައް ކާގޯ ބަލައިގަތުމާއި އެއަރވޭބިލް ތައްޔާރުކުރުމާއި ފައިސާ ބަލައިގަތުމާއި ކާގޯ ފޮނުވަންޖެހޭ ތަންތަނަށް ގަވާއިދުން ކާގޯ ފޮނުވުން.
  • ކޮންމެދުވަހަކު ބަލައިގަންނަ ފައިސާ، ޖެހިގެން އަންނަ ދުވަހުގެ 10:00 ގެ ކުރިން ތަފުސީލާއެކު ގަވާއިދުން ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނާ ޙަވާލުކުރުން.
  • ލިބޭފައިސާގެ ދުވަހު ފޮތަކާއި ފައިސާ ޙަވާލުކުރާ ފޮތެއް ތައްޔާރުކޮށް ގަވާއިދުން ބެލެހެއްޓުން.
  • ފައިސާއާއި ފައިސާއާބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކާގޯ ޔުނިޓުގައި ބޭނުންކުރާ އެންމެހައި ތަކެތި ގަވާއިދުން ބެލެހެއްޓުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދު އަށެވެ.

ނޯޓް: މިވަޒީފާތަކަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއޫކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

09 ޖުލައި 2015
ހޯދާ