ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1

މުސާރައާއި އެލަވަންސް: މަހަކު -/8900 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

AS 5

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

ޖީސީ.އީ.އޭ ލެވެލެ އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީސީ އޯލްވޭލް އިމްތިޙާނުން 4 މާއްދާއިން ފާސްވެފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކަށް އަންނަ މެއިލްތަކާއި ފެކްސްތަކާއި އެނޫން ވަސީލަތްތައްތަކާއި އެކި ގޮތްތަކަށް އަންނަ ލިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ރައްދުކުރެވޭނެ އުސޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި، މޮނިޓަރކުރުން؛
  • ކުންފުނީގެ އިދާރީ އެކި ކަންކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން؛
  • ކުންފުނީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދިނުމާއި އެކަމަށް ބޭނުންވާ އިދާރީ ރެކޯރޑްތައް އަހަރުގެތެރޭގައި އެއްކޮށް ބެލެހެއްޓުން.
  • އެކި ކޮމެޓީތަކުގެ އިދާރީ މަސައްކަތްތައް ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ކޮށް، އެހީތެރިވެދިނުން
  • ކުންފުންޔަށް އެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާއި ހުށަހެޅުންތަކުގެ ތެރެއިން އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ޖަވާބުދޭންޖެހޭ ކަންކަމަށް ޖަވާބުދިނުމަށް ބޭނުންވާ ކަންކަން ފަހިކޮށް ކުރުން
  • އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ފަރާތުން އެކި ކަންކަމަށް އެކި ޑިޕާޓްމަންޓްތަކަށް ފޮނުވަންޖެހޭ ރިކްއެސްޓްތައް ފޮނުވުމާއި އެކަންކަން ހިނގަމުންދާ ގޮތް ބެލުމާއި ކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015
ހޯދާ