ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު: ލީގަލް އެސިސްޓެންޓް

މުސާރައާއި އެލަވަންސް

މަހަކު -/8900 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސަތްކަތްކޮށްފިނަމަ އިތުރުގަޑީގެ ސިޔާސަތާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

AS 5

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ލީގަލް އެންޑް ރެގިއުލޭޓަރީ އެފެއަރސް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މިކޯޕަރޭޝަނާ އެހެން ފަރާތްތަކާއެކު ކުރަންޖެހޭ ހުރިހާ އެގްރީމެންޓްތަކުގެ ޑްރާފްޓް ތައްޔާރު ކުރުމުން ލިޔެ ސޮއިކުރުމަށް ތައްޔާރުކުރުން.
  • ކޯޕަރޭޝަނުން އެހެން ފަރާތްތަކާއެކު ވެވިފައިވާ އެގްރީމެންޓްތަކާގުޅިގެން ދިމާވާމައްސަލަތަކާބެހޭގޮތުން ދެފަރާތުގެ ދެމެދުގައި ބަދަލުކުރަންޖެހޭ ލިޔެކިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ޝަކުވާގެ ނިޒާމްގެ ޖަވާބުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ކޯޕަރޭޝަނުން ޒިންމާވާ ޝަރުޢީ މައްސަލަތަކުގެ ލިޔެކިއުންތައް ލިޔުމާޢި، ބެލެހެއްޓުން.
  • ކޯޕަރޭޝަނުގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ޑަރާފްޓް ތައްޔާރުކުރުމުން ލިޔެ ކޯޓަށް ހުށަހެޅުމަށް ތައްޔާރުކުރުން.
  • ކޯޕަރޭޝަނުން ހަދަންޖެހޭ އެންމެހާ ގަވާއިދުތަކާއި ޢާންމު އުސޫލުތައް އެކުލަވާލާ ފާސްކުރުމުން އެގަވާއިދުތައް ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
  • ކޮންމެ މަހެއް ނިމުމުން އެމަހެއްގައި ލީގަލް ޔުނިޓުން ކުރިމަސައްކަތްތަކުގެ ރިޕޯޓު ތައްޔާރުކުރުން

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015
ހޯދާ