މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާޞްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

މަނިޓަރީ އެސިސްޓެންޓް

ޑިވިޜަން:

މަނިޓަރީ ޕޮލިސީ ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް ރިސާރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމިކްސްއާ ގުޅުންހުރި ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިޤުތިޞާދުގައި ހިމެނޭބައިތައް ދިރާސާކޮށް މަނިޓަރީ ޕޮލިސީ އެކުލަވާލުމުގައި އެހީވެދިނުން އަދި އެމްއެމްއޭގެ އެނުއަލް ރިޕޯޓާއި ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ޝާއިޢުކުރުމުގެ މަސައްކަތާއި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.

މަޤާމު:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޔުނިޓް:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން 'ބީ' ފާސް ނުވަތަ އެއަށްވުރެ މާތީ ފާހެއް ލިބިފައިވުން.
  • ޤާނޫނީ ދާއިރާއާއި ރާއްޖޭގައި އަމަލުކުރެވެމުންދާ ގަވާއިދު ތަކާއި އުސޫލުތަކުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކި އެކި ޤާނޫނީ މައްސަލަ ތަކުގައި ލަފާ ދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި އެމްއެމްއޭ ގެ މަސައްކަތައް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް ޑްރާފްޓް ކުރުން.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

ޕަބްލިކް ޑެޓް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން، ޑިސެންބަރު 2016 ގެ ނިޔަލަށް

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ އިކޮނޮމިކްސް އެންޑް ފައިނެންސް ގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • މާލީދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކުއިރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް.

ހުނަރުވެރިކަން: 

  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމާއި ރިޕޯޓުލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަންލިބިފައިވުން
  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • 'މައިކްރޯސޮފްޓް އޮފީސް' އަށް އަހުލުވެރިވެފައިވުން.

މަޤާމު:

ސަރވިސް އެސިސްޓެންޓް (މަސައްކަތު)

ސެކްޝަން:

އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މީޓިންތަކަށް ސައިތައްޔާރު ކުރުމުގެ އެންމެހާ މަަސައްކަތައްކުރުމާއި އޮފީސް ފޮޅާސާފުކުރުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

 20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ