ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރޫޅާލާފައިވާ ދަގަނޑު ފެންތާނގީއެއްގެ ބައިތަކެއްސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

މިކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ރޫޅާލާފައިވާ ދަގަނޑު ފެންތާނގީއެއްގެ ބައިތަކެއް (ބްލޫ ޓޭންކް)

މިތަކެތީގެ ނީލަން ފެށޭ އަގަކީ 100,000.00ރ (އެއްލައްކަ ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 2,000.00 ރ (ދެހާސް ރުފިޔާ ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށްވާ 50,000.00ރ (ފަންސާސްހާސް ރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2015 ޖުލައި 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދެވުން އެދެމެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން މިތަކެތި ނީލަމަށް ލެވޭނެކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ދޭގޮތަށް ހަމަޖެހިފައި ނުވާ ކަމުގައިވެސް ދެންނެވީމެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ނަންބަރު 7774573 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ރަމަޟާން 1436  

07 ޖުލައި 2015
ހޯދާ