ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ކަނޑޫދޫ ކައުންސިލް އިދާރާގެ ޖާގަ އިތުރުކުރުން

އިޢުލާން

ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ޖާގަ އިތުރުކުރުން

މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ކައުންސިލްގެ އިދާރާގެ ޖާގަ އިތުރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)387/387/2015/40 (24 ޖޫން 2015) އިޢުލާން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 12 ޖުލައި 2015 ވަނަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖުލައި 2015 ވަނަ ދުވަހުގެ 13.30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓްގެ އަގަކީ 35.00 ރުފިޔާ އެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ގަޑީގައި މިއިދާރާއިންނެވެ.

ޕޮއިންޓްދޭނެ އުސޫލު

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

% 85

  • މަސައްކަތުގެ އަގައްދޭ މާކްސް
  • މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކް  އަގު ކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

 % 05
  • ހަވާލުކުރެވޭ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މުއްދަތު
  • މާކްސް ދެވޭނީ ކައުންސިލް އިމާރާތް އަލިއްލަ ތަކެތީގައި ޖާގަ އިތުރު ކޮށްދިނުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތު ހުށަހަޅާފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތް ނިންމުމަށް އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް

( Submitted years of experience /  Benchmark  years) x Allocated Percentage

ތަޖުރިބާ

 % 10
  • ތަޖުރިބާ ހުރިކަން ބެލުމުގައި ބެލެވޭނީ އިމާރާތް ކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށެވެ.
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތާ، އެކަމާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ދާއިރާއިން އެންމެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ޢިމާރާތްކުރުމުގެ މަސައްކަތާއި، އެފަދަ މަސައްކަތާއި ގުޅުންހުރި ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ