މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                          އިޢުލާން

ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/128 (26 މޭ 2015) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ، ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 ރަމަޟާން  1436       

07 ޖުލައި 2015
ހޯދާ