ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
03 ބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ އިޢުލާން ނަންބަރު (IUL)GS56/2015/15: އަށް ލިބިފައިވާ އަންދާސީހިސާބުގެ މަޢުލޫމާތުތައް ފުރިހަމަނުވާތީ، އެ ޢިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލްގައި ހަދަން ފަށާފައި ހުރި 03 ބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 29 ޖުލައި 2015 އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއެކު މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު  09:00 ން މެންދުރުފަހުގެ 14:00 އަށް 6600136 ނަންބަރު ފޯނާއެވެ.

15 ރަމަޟޯން 1436

02 ޖުލައި 2015
ހޯދާ