އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
އޮމަދޫ ޕަވަރ ހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެ

އޮމަދޫ ޕަވަރ ހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެ                     

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޮމަދޫ ޕަވަރހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅަން ބޭނުންވެއެވެ. ކޭބަލް، މީޓަރ އަދި އެމް.ސީ.ބީ ގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

CABLE 4CX16MM2 CU/PVC TO BS:6346

 KWH METER 3PHASE 4WIRE 3X10/60A 50H 75rev/KMH

 MCB 3POLE 32A

ބޭނުންވާ އަދަދު:

358 މީޓަރ - ކޭބަލް

1 މީޓަރ – 3 ފޭސް

1 އެމް.ސީ.ބީ – 3 ޕޯލް

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށައަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށައަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.   

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 އާއި ގުޅުއްވުން އެދެމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ