ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މޭސަން/ ޕްލަމްބަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މޭސަން/ ޕްލަމްބަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

17

މަގާމްގެ ޝަރުތު:

 

  1. ތަޖުރިބާއާއެކު، މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  2. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  4. ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަރވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  5. މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މޭސަން/ ޕްލަމްބަރ ގްރޭޑް 4 ގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، މޭސަން/ޕްލަމްބަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

މޭސަން/ ޕްލަމްބަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

3

ސްޕައިން ޕޮއިންޓް:

10

މަޤާމުގެ ޝަރުޠު:

 

  1. ކުރާ މަސައްކަތާބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން. ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓިފިކެޓަށްފަހު ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން.
  2. ތަޖުރިބާ ނެތަސް ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
  3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.
 މަޤާމުގެ މަސްއޫލިއްޔަތު:

- ރޭނުމާއި، ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މަރާމާތުގެ މަސައްކަތާއި، ފާރުތަކާއި ގަލާއި ހިލަ އަތުރައިގެން ހަދާފައިވާ ތަންތަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.

- ގަލާއި ހިލަ، ކޮންކޮރީޓް، ކޮންކްރީޓް ބްލޮކް އަޅައިގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި މަރާމާތުކުރުން.

- އިމާރާތުގެ ފާރުތަކުން ހަލާކުވާ ތަންތަން، ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.

- ފާޚާނާތަށި، މޫނުދޮންނަތަށި ހަރުކޮށް ބަދަލުކުރުމާއި، ފާޚާނާ، ފާރު، ތަޅުން، ބަދިގެއާއި އެނޫންވެސް ތަންތަނުގައި ތަށިމުށި ޖެހުމާއި، ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަށިމުށި ބަދަލުކުރުން.

- ރާނައި ސިމެންތި ޖެހުމާއި، ޕުޓީގެ މަސައްކަތާއި، ކުލައާއި ދަވާދުލުން.

- ރާނާ ސިމެންތިޖެހުމުގެ މަސައްކަތްތަކުގެ އެސްޓިމޭޓް މަޢުލޫމާތު ތައްޔާރުކުރުން.

- ރޭނުމުގެ މަސައްކަތްތަކާ ގުޅުންހުރި ވަޑާމުގެ މަސައްކަތް ކުރުން.

- އެކުގައި މަސައްކަތްކުރާ އެހެންމީހުންނާ މަސައްކަތް ހަވާލުކުރުން.

- މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.

- ކަޕްލިން، ކްލޭމްޕް، އިސްކުރު، ބޯލްޓް، ސިމެންތި، ޕްލާސްޓިކް ތެރަސް، ނުވަތަ ސޯލްޑަރިން، ބްރޭޒިން، އަދި ވެލްޑިންއާއި ތަފާތު އިކްވިޕްމަންޓް ބޭނުންކޮށްގެން ހޮޅީގެ ބައިތައް ގުޅުވުން.

- ފެންވައިރު ނުވަތަ ފެންވައިރުކުރާ ތަކެތި ވައިން ނުވަތަ ފެނުން ޕްރެޝަރގޭޖްގެ އެހީގައި ލީކް ޓެސްޓްކޮށް، ލީކްވާ ތަންތަން ހޯދުން.

- މަސައްކަތުގެ އަގުތަކުގެ އެސްޓިމޭޓް ލިޔެ، ކޮންޓްރެކްޓްތަކާ ބެހޭގޮތުން ވާހަކަދެއްކުން.

- އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، ފެންވައިރުކުރަން ބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުމާއި، ކަރަންޓް ވައިރިންފަދަކަމަކަށް އަސަރު ނުކުރާނެގޮތަކަށް ހޮޅި އަޅާނެ ޕްލޭނެއް ހެދުން.

- ހަވާލުކުރެވޭ މަސައްކަތްތަކުގެ ރިކޯޑާއި މަސައްތުގެ ރިޕޯޓް ތައްޔާރުކުރުން.

- އިމާރާތުގައި ފެން ގުޅާފައިވާ ތަކެއްޗާއި، ކަނެކްޝަންތަކާއި ހޮޅި އަޅާފައިވާ ތަންތަން ފާހަގަކުރުން.

- ޕައިޕްކަޓަރ، ބެންޑަރު، ތްރެޑްކަޓަރުފަދަ ތަކެތި ބޭނުންކޮށްގެން ތްރެޑް ކެނޑުމާއި އެންގަލްތަކަށް ހޮޅި ލަނބާ ހެދުން.

- ފާޚާނާތަކަށާއި ވޯޓަރ ހީޓަރާއި ސިންކާއި، ފެންގުޅާ އެންމެހައި ތަކެއްޗަށް ފެންބަންދާއި ފިޓިންގްސް ހިމަނައިގެން ހޮޅި އަޅައި ފެންވައިރު ކުރުން.

- ހޮޅިއާއި ފިޓިންގްސް ލައްވަންޖެހޭ ތަންތަން ކެނޑުމާއި، ފާރުގައްޔާއި ސީލިންގުގައި ހޮޅި ހަރުކުރާ ސަޕޯޓް ހަރުކުރުން.

- ފެންއިސްކުރު، ފެންކަރު، ފެންބަންދު، ވަސަރާއި ފަޅައިގެންދާ ހޮޅި ބަދަލުކުރުމާއި، ބެދޭ ޑްރެއިން ސާފުކޮށް، މިތަކެތި މަރާތުކޮށް ބެލެހެއްޓުން.

- ފާޚާނާ ނިޒާމުގެ އިތުރުން، އަޑިން ހޮޅިލައްވައިގެން ފެންގުޅަންޖެހޭ ސިސްޓަމްތަކަށް ފެންވައިރު އެޅުން.

މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  1.  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 ނޯޓް:
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
ސިޓީ ފޮނުވަންވީ ތާރީޚު: 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށ
 އިތުރު މަޢުލޫމާތު:
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 

 22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ