އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަން

ހއ. މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަން

ހއ. މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އޯގަސްޓް 1 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖޫން 10 ވީ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ގެ ނިޔަލަށް ހުޅުވާލުމާއި ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ހއ. މުރައިދޫ، ހިޔަލީގެ، އަޙްމަދު އާޞިފް އެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހއ. މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ހއ. މުރައިދޫ، ހިޔަލީގެ، އަޙްމަދު އާޞިފް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ