ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މިކުންފުނީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މި ކުންފުނީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިކުންފުނީގެ ބޭނުމަށް ހެދުމަށް ހަމަޖެހިފައިވާ 6 ބުރީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (60-ADM/2015/205) އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީކޮލިފިކޭޝަން

ދިވެހިރާއްޖޭގެ ކުންފުނިތައް ވާން ޖެހޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކޮންޓްރެކްޓަރުންގެ ލިސްޓުގެ GC01 Grade1 ގައި ލިސްޓު ކުރެވިފައިވާ ކުންފުނިތަކަށެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ވާންޖެހޭނީ އެއާ އެއް ފެންވަރެއްގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓަރީ ވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސި ބަހުންނެވެ. ބީލަން ކަރުދާސް ދޫކުރެވޭނީ 2015 ޖުލައި 09 ވާ ދުވަހުގެ ދިހައެއް ޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ  150 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދައު ދިވެހި ރުފިޔާއިން މި ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔާސް ޗެކް އަދި ޑައިރެކްޓް ޑިޕޮސިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 005999  103 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެސްއަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 ޖުލައި 12 ވަނަ ދުވަހު އީމެއިލްގެ ޒަރީއާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖުލައި 21 ވާ ދުވަހުގެ 1400 ކުރިން އީ-މެއިލްގެ ޒަރީއާއިން ފޮނުވަންވާނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 ޖުލައި 30 ވާ ދުވަހު 1500 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑް އޮފީހުގެ ކޮންފަރެންސް ރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:               ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:            3344196 960+ / 3012402 960+

ފެކްސް:                3344633 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:     އައިމިނަތު ވަހީދާ    

އީމެއިލް:               [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި GMT+5:00

02 ޖުލައި 2015
ހޯދާ