ސިވިލް ކޯޓު
ދިވެހިރާއްޖެ
ކައުންޓަރެއް އަމިއްލަ ތަކެތީގައި ހެދުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން

އިޢުލާން

މި ކޯޓަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓުގެ ޢިމާރާތުގައި ކައުންޓަރެއް އަމިއްލަ ތަކެތީގައި ހެދުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 ޖުލައި 2015 ވާ ބުރާސްފަަަތި ދުވަހުގެ 13:30 އަށް ކުރީގެ އެސްޓީއޯ ބިލްޑިންގ (ތީމުގޭ ފުރަގަސް) ގްރައުންޑް ފްލޯގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 13 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 13:30އަށް ކުރީގެ އެސްޓީއޯ ބިލްޑިންގ (ތީމުގޭ ފުރަގަސް) ގްރައުންޑް ފްލޯގައިހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ