މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ ސްކޫލްގެ 3 ކްލާސްރޫމާއި ލެބޯޓްރީ ޢިމާރާތްކުރާނެ ފަރާތެއް ހޯދުން

ހދ. ނެއްލައިދޫ ސްކޫލްގެ 3 ކްލާސްރޫމާއި ލެބޯޓްރީ ޢިމާރާތްކުރާނެ ފަރާތެއް ހޯދުން

ހދ. ނެއްލައިދޫ ސްކޫލްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 3 ކްލާސްރޫމާއި ލެބޯޓްރީ (2 ބުރި ޢިމާރާތް) އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22-PU/1/2015/184 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

ޕްރީބިޑް މީޓިންގ

އަންދާސީހިސާބު ހުށަހެޅުމަށް

08 ޖުލައި 2015 ވަނަ ދުވަހު 14:00

12 ޖުލައި 2015 ވަނަ ދުވަހު 14:00

21 ޖުލައި 2015 ވަނަދުވަހު 14:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015
ހޯދާ