ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ޓްރޭނިންގ ނީޑްސް އެސެސްމަންޓް ތައްޔާރުކުރުމާބެހޭ

ލޯކަލް ކައުންސިލްތަކުގެ "ޓްރޭނިންގ ނީޑްސް އެސެސްމަންޓް" ތައްޔާރުކުރުމާބެހޭ

ކުރިއަށް އޮތް 3 އަހަރު ދުވަހަށް ލޯކަލް ކައުންސިލުތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަތުމަށް "ޓްރޭނިންގ ނީޑްސް އެސެސްމަންޓް (ޓީ.އެން.އޭ)" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

14 ރަމަޟާން  1436

01 ޖުލައި 2015
ހޯދާ