ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ތަރުޖަމާން

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS.3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ޑީ ސެކްޝަން ( އޯ.ޕީ.ޑީ )

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. އަތޮޅު ހޮސްޕިޓަލް / ފ. ނިލަންދޫ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނުމާއި،  ބަލިމީހާއަށް އަންގައިދިނުމަށް ޑޮކްޓަރ ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގައިދިނުން.
  2. ކޭސް އެންޓްރީކުރުމާއި، އައުޓް ޕޭޝަންޓް ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަކުރުން.
  3. ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް ހަމަކޮށްދިނުން.
  4. މެޑިކަލް ރެކޯޑްސް ތައްޔާރުކުރުމުގައި އެހީވުން.
  5. އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުން.
  6. ރިސެޕްޝަން ކްލާރކުން ނެތްނަމަ އޯ.ޕީ.ޑީ އަށް އެހީތެރިވުން.
  7. ހޮސްޕިޓަލުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުން.

 

 

ތަޢުލީމާއި ތަޖުރިބާ

1- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛     

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

މަޤާމް

ކޭޝިއަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS.3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ބަޖެޓް ސެކްޝަން

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ފ. އަތޮޅު ހޮސްޕިޓަލް / ފ. ނިލަންދޫ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ (ޞިއްޙީ މަރުކަޒުތައް، ހެލްތު ޕޯސްޓްތައް)  ބަޖެޓުން ނަގަންޖެހޭ ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ޤަވާޢިދުން ހަވާލުކޮށް ބެލެހެއްޓުން.
  2. ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރަދިނުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ބެލެހެއްޓުން.
  3. ކޮންމެ މަހެއް ނިމުމުން، ބަޖެޓުން ޚަރަދުކުރެވުނު ފައިސާއާއި ބާކީ ފައިސާގެ ރިޕޯޓް، އެ މަހެއްގެ 5 ގެ ކުރިން ތައްޔާރުކޮށް ނިންމުން.
  4. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  5. ބަޖެޓާބެހޭ ފައިސާގެ ބިލްތަކާއި ފޮތްތައް މަހުން މަހަށް ފުރިހަމަކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ކޮންމެ އަހަރަކުވެސް ބަޖެޓް ލިބުމުން، ބަޖެޓުން ތައްޔާރުކުރަންޖެހޭ ފޮތްތައް ހަދައި ރައްކަތެރިކަމާއެކު ބެލެހެއްޓުން.
  7. ބަޖެޓުން އުނިކުރާ ފައިސާއާއި އިތުރުކުރާ ފައިސާއާއި އެއްބައިން އަނެއްބަޔަށް ބަދަލުކުރާ ފައިސާގެ ހިސާބުތައް ފޮތްތަކަށް ނަގައި ބެލެހެއްޓުން.

 

 

ތަޢުލީމާއި ތަޖުރިބާ

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ.އޭ.ޓީ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ.އޭ.ޓީ) ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

މަޤާމް

މެއިންޓެނެންސް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކު: MS.1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

ފ. އަތޮޅު ހޮސްޕިޓަލް / ފ. ނިލަންދޫ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން (ޞިއްޙީ މަރުކަޒުތައް، ހެލްތު ޕޯސްޓްތައް) އިމާރާތާއި ތަކެތި ޤަވާއިދުން މަރާމާތުކުރުން.
  2. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތައިލަންޖެހޭ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުން.
  3. ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  4. އެކިއެކި މުނާސަބަތުތަކަށާއި ފާހަގަކުރެވޭ ދުވަސްތަކަށް ހޮސްޕިޓަލް ޒީނަތްތެރިކުރުރވުން.
  5. ސައްކަތާ  ގުޅޭ  ދާއިރާއިން  ހޮސްޕިޓަލުގައި  ކުރަންޖެހޭ  ކަންކަމުގައި  އިސްކޮށްހުންނަ  މުވައްޒަފަކަށް އެހީތެރިވެދިނުމުގައި އެ މުވައްޒަފަކާ ބައިވެރިވުމާއި، އެ މުވައްޒަފު ނެތް ޙާލަތެއްގައި އެ މުވައްޒަފެއްގެ މަސައްކަތް ޤަވާއިދުން ކުރުން.
  6. ހޮސްޕިޓާލާއި އޮފީހުގައި ކުރަން ދިމާވާ އެންމެހައި ކަންތައް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  7. ހޮސްޕިޓަލުގެ ހިފާ ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  8. ހޮސްޕިޓަލުން އަންގާ އެހެނިހެން މަސައްކަތް ކުރުމާއި، އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. ރިޕެއަރ އެންޑް މެއިންޓެނެންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނެންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. ރިޕެއަރ އެންޑް މެއިންޓެނެންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛
  1. ރިޕެއަރ އެންޑް މެއިންޓެނެންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞީލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން)  ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015  ޖުލައި  20  ވަނަ  ދުވަހުގެ  11:00  ގެ  ކުރިން،  'ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް' ފުރިހަމަކުރުމަށްފަހު، ފ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ޖުލައި 29 އިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ފ. އަތޮޅު ހޮސްޕިޓަލުގައެވެ.

ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ހޮސްޕިޓަލުގެ 6740086 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. 

15 ރަމަޟާން 1436

02 ޖުލައި 2015
ހޯދާ