މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑަންސް އޮފިސަރ (ކޮންޓްރެކްޓް)

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

ޝަރުޠު:

  • މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް/ މާކެޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އެން.ސީ.ޖީ.ސީއަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތިން ޖަވާބުދިނުން
  • އެން.ސީ.ޖީ.ސީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން
  • އެން.ސީ.ޖީ.ސީއިން ބާއްވާ މީޓިންގ ތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން
  • އެން.ސީ.ޖީ.ސީގެ މަންތްލީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އެން.ސީ.ޖީ.ސީގެ މެއިލް ދުވަހުން ދުވަހަށް ޗެކްކޮށް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތިން ޢަމަލު ކުރުން.
  • އެން.ސީ.ޖީ.ސީގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ކޮމްޕައިލް ކުރުން.
  • އެން.ސީ.ޖީ.ސީގެ އިންވެންޓްރީ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.
  • އެން.ސީ.ޖީ.ސީގެ ސްޓޮކް ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.
  • ކޮންމެ އަހަރެއް ފެށުމުން ލީވް ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރ ހަދައި މޮނިޓަރ ކުރަމުން ގެންދިއުން.
  • ކޮންމެ އަހަރެއްވެސް ނިމުމުން އަހަރީ ރިޕޯޓު ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވަންޖެހޭ ދުވަހަށް ފޮނުވުން.
  • ކޭޝްފްލޯ ތައްޔާރުކޮށް ބެލެހެއްޓުން.
  • އަތޮޅުތަކުގެ ޖޮބްސެންޓަރތައް މޮނިޓަރ ކުރުމާއި އެ ސެންޓަރު ތަކުން ހިންގާ އެކްޓިވިޓީސްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން
  • އެން.ސީ.ޖީ.ސީން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މީޑިޔާއަށް އެންގުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ނަން: އެސިސްޓެންޓް ރިސަރޗް އޮފިސަރ (ކޮންޓްރެކްޓް)

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ މާކެޓިންގ/ ކޮމްޕިއުޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ 94000 ވަޒީފާގެ ފުރުޞަތުގެ ތެރެއިން ވަޒީފާތައް އުފެދި މުވައްޒަފުން ނެގެމުންދާ މިންވަރު މޮނިޓަރކޮށް ސްޓެޓިސްޓިކް ބެލެހެއްޓުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އޮތް މިންވަރު މޮނިޓަރކޮށް ސްޓެޓިސްޓިކްސް ބެލެހެއްޓުން.
  • ވަޒީފާގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އިޢުލާންކުރާ ވަޒީފާގެ ފުރުޞަތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ރާއްޖެއަށް އެންމެ ބޭނުންވާ ވަޒީފާތަކާއި ޓްރޭނިންގތައް ދެނެގަނެ ސެކްޝަންގެ ވެރިޔާއަށް ލަފާ ދިނުން.
  • ޒުވާނުން ވަޒީފާއަށް ނުދާ ސަބަބުން ދެނެގަނެ އެފަރާތްތަކަށް ވަޒީފާ ހޯދައިދީ އެ ވަޒީފާތަކުގައި ދެމެހެއްޓޭނެ ގޮތާއި ގުޅޭގޮތުން ލަފާދިނުން.  

ނޯޓް:

  • މި މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުތަކުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވޭލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބްސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

11 ރަމަޟާން 1436

28 ޖޫން 2015
ހޯދާ