މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އުސޫލުތަކެއް އިނގިރޭސިބަހުން ޑޮކިއުމަންޓް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

2014 އަދި 2015 ވަނަ އަހަރުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހިންގާފައިވާ 4 ޕްރޮޖެކްޓު ކަމުގައިވާ ބީޓެކް ސްޓްރީމާއި، ދަސްވާރު ޕްރޮޖެކްޓާއި، ލައިފްސްކިލް އެޑިޔުކޭޝަން އަދި ސްކޫލް ޕޮލިޓެކްނިކް ޕްރޮޖެކްޓްގެ ކާމިޔާބީތަކާއި މިޕްރޮޖެކްޓްތައް ކާމިޔާބުކުރުމަށްޓަކައި ތަންފީޒު ކުރެވިފައިވާ ރަނގަޅު އުސޫލުތައް އިނގިރޭސިބަހުން ޑޮކިއުމަންޓް ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

06 ޖުލައި 2015 (ހޯމަ) ދުވަހުގެ 11:00 އަށް

09 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

13 ރަމަޟާން 1436

30 ޖޫން 2015
ހޯދާ