މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލ.ދަނބިދޫ ސްކޫލް 5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ. ދަނބިދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކްލާސްރޫމާއި ސްޓާފްރޫމް އަމިއްލަ ތަކެތީގައި ޢިމާރާތްކުރުމަށް ކުރެވުނު ނަންބަރު: IUL)22-PU/1/2015/185) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

06 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 14:00

09 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

13 ރަމަޟާން 1436

30 ޖޫން 2015
ހޯދާ