މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޣާޒީ ބިލްޑިންގގެ ބޭރުގައި ކުލަލުމާބެހޭ
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ޣާޒީ ބިލްޑިންގގެ ބޭރުގައި ކުލަލުމާއި އެހެނިހެން މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
14 ރަމަޟާން 1436
01 ޖުލައި 2015
ހޯދާ