ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒެމިނަރ (ކޮންޓްރެކްޓް)

އިޢުލާން

 ތިރީގައިމިވާ މަޤާމްތަކަށް މި ޑިޕާޓްމަންޓަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

އެގްޒެމިނަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

- ދިވެހި މާއްދާގެ 9 (ނުވައެއް)

- އިސްލާމް މާއްދާގެ 9 (ނުވައެއް)

އުޖޫރަ

-/10،000 ރުފިޔާ  

މުއްދަތު

ޖުލައި 15 އިން އޮގަސްޓް 15 އަށް

އަސާސީ ޝަރުޠު

1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 1 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

ލިބިފައިވާ ތަޖުރިބާ އާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު އިން ނުވަތަ ލިޔުމުން ޖަވާބުދާރީވާންޖެހޭނެއެވެ.

އިންޓަވިއު ކުރުން

މި  މަޤާމްތަކަށް  މީހުން  ހޮވުމަށް  އިންޓަވިއުކޮށް،  ލިޔުމުން  ޖަވާބުދާރީކުރުވާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު  ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.dpe.edu.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

ނ- ވަޒީފާއެއް އަދާކުރާނަމަ، މި މަސައްކަތަށް ދޫކުރާނޭކަމުގެ ލިޔުން ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގ 2،  (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.  

13 ރަމަޟާން 1436

30 ޖޫން 2015
ހޯދާ