މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ލެބަށް ފަރުނީޗަރު ގަތުމަށް

ރާއްޖޭގެ 11 ސްކޫލަކަށް ކޮމްޕިއުޓަރ ގޮނޑި އަދި ކޮމްޕިއުޓަރ މޭޒު ގަންނަން ކުރެވުނު ނަންބަރު: IUL)22-E/I/2015/167) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަގުތައް މާބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ރާއްޖޭގެ 11 ސްކޫލަކަށް ކޮމްޕިއުޓަރ ގޮނޑި އަދި ކޮމްޕިއުޓަރ މޭޒު ގަންނަން ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް : ކޮމްޕިއުޓަރ ލެބް ފަރނީޗަރ – އީއީޑީޕީ.ޖީ.16" ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީހިސާބުގައި ހިމަނަންޖެހޭ ހުރިހާ މަޢުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓް ހޯދުމަށް އެދި [email protected] ނުވަތަ  [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ޑޮކިޔުމަންޓް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

މަޢުލޫމާތު ސެޝަން:

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (103، 1 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރު:  

ބިޑް ހުޅުވުން:

އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 9 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (103، 1 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 9 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.

- އީމެއިލް: [email protected]

02 ޖުލައި 2015
ހޯދާ