ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ވަށާފާރު ރާނައި ފެންސް ޖެހުމާބެހޭ

ހއ. ހޯރަފުށީ ދެކުނު ފުޓްބޯޅަދަނޑުގައި ވަށާފާރު ރާނާ ފެންސް ޖެހުމާބެހޭ

ހއ. ހޯރަފުށީ ދެކުނު ފުޓްބޯޅަދަނޑުގައި ވަށާފާރު ރާނާ ފެންސް ޖެހުމުގެ މަސައްކަތް، މި އިދާރާއިން ދޭ މަޢުލޫމާތާއި އަދި ކުރެހުމުގައިވާ ގޮތަށް މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުން

09 ޖުލައި 2015

ބުރާސްފަތި

11:00

އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

16 ޖުލައި 2015

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފޯމާ ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ރަމަޟާން 1436

25 ޖޫން 2015
ހޯދާ