އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތެއް ކުރާނެ ފަރާތެއް ހޯދުމަށް

މިމަރުކަޒުގައި 6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތެއް ކުރާނެ ފަރާތެއް ހޯދުމަށް:

މިމަރުކަޒުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތް، އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަރުކަޒުގެ (ކޮމްޕިއުޓަރ ލެބް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

13 ޖުލައި 2015 ވާ ހޯމަދުވަހުގެ 13:00

21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680024 ނަންބަރު ފޯނާއެވެ.

12 ރަމަޟާން 1436

29 ޖޫން 2015
ހޯދާ