ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1/ ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

-

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ / ޅ. ކުރެންދޫ

އޮފީސް/ އިދާރާ

ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް

-/8,835 ރުފިޔާ

މުސާރަ

-/2000 ރުފިޔާ

ސަރވިސް އެލަވަންސް

1 (އެކެއް)

ދާއިމީ

ބޭނުންވާ އަދަދު

ގިންތި

  • ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލްގެ އިދާރާގެ އެންމެހާ ކަންކަމާ ގުޅޭގޮތުން ދިރާސާކޮށް ކައުންސިލަށް އަރުވަންޖެހޭ ލަފާ އެރުވުން.
  • ކައުންސިލްގެ އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، ކައުންސިލްގެ އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.
  • ކައުންސިލްގެ އިދާރާގެ އިންޓަރނަލް ޕްރޮސީޖަރތަކާއި ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖަރތަކާއި ގަވާއިދުތައް އެކުލަވައިލުން.
  • ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ސިވިލްސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަސައްކަތް ރާވައި މުވައްޒަފުންލައްވާ މަސައްކަތް ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުމާއި މުވައްޒަފުންގެ ކަންކަން ހިންގައި ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުން.
  • ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޛުކުރުން.
  • ދޭދޭ ފަރާތުގެ ދެބަސްވުން ޞުލްޙަކުރުމަށް ޤާނޫނީ ކޮންސަލްޓެންސީ ދިނުން.
  • އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކޮށް އަދި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • އިދާރާ ހުޅުވައި ލެއްޕުމާއި ހުޅުވައި ލެއްޕުމުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  • އިދާރާ ހިންގަވާ ބޭޅަކު ނެތް ހިނދެއްގައި އިދާރާގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  • ނުރަސްމީގަޑީގައި މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން އަދި މުވައްޒަފުން އަމިއްލަ ބޭނުމުގައި ބޭރަށްދުރުވުމުގެ ހުއްދަ ދިނުމާއި، ހުސްވަގުތުކޮޅު ބޭރަށް ދުރުވުމުގެ ކަންތައްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޗުއްޓީ އާއި މުވައްޒަފުންގެ ރެކޯޑު ފައިލާއި މުވައްޒަފުންނާބެހޭ އެންމެހާ ރެކޯޑުތައް ބެލެހެއްޓުވުން.
  • މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުން، ޗުއްޓީދޭ މުވައްޒަފުންނާއި ޗުއްޓީ ނިންމައި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ ބަދަލު އިންތިޒާމު ހަމަޖެއްސުން.
  • މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
  • ކައުންސިލްގެ ޖަލްސާތައް އިންތިޒާމުކުރުމާއި ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމަށް ޔުނިޓްތަކާއި ޙަވާލުކުރުމާއި ކައުންސިލްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުވުން.
  • ނީލަމުގައި ވިއްކާލަންޖެހޭ ތަކެތީގެ ކަންތައްތައް ބެލެހެއްޓުވުން.
  • ކަނޑުން ލަނގުވާ ތަކެއްޗާއި ހޮވައިގެން ގެންނަ ތަކެއްޗާބެހޭ ކަންތައްތައް ބެލެހެއްޓުން.
  • އިދާރާގެ ބެލުމުގެދަށުގައި ހުންނަ ރައްޔިތުންގެ ފަޅުރަށްރަށާބެހޭ ކަންތައްތަކާއި މިނޫންވެސް ފަޅުރަށްރަށާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުވުން.
  • މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި ޔުނިޓްތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  • ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް

 

 

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
    1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
    2. އިމްތިޙާނު (%30)
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

2015 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް  ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected]/ ފެކްސް ނަންބަރު:3303648)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

3- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

  (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަރވިއު،އިމްތިޙާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖުލައި 28 އާ 2015 އޮގަސްޓު 10 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
ޝޯޓްލިސްޓްކުރުން:  މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް: 
  • ޖުމްލަ އިންސައްތަ %35
  • އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (%33 ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

12 ރަމަޟާން 1436

29 ޖޫން 2015
ހޯދާ