ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތު (އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް)

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް:– (އޭޕްރީލް (2015 ފުރަތަމަ ބުރުގެ އިތުރުވެފައިވާ ސްލޮޓްތައް

    ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ

ޖުމުލަ

 

ދިވެހިރާއްޖެ

ޑިޕްލޮމާ

5

ޓީޗިންގ

10

ބެޗުލަރސް ޑިގްރީ

7

ޓީޗިންގ

10

މިތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

18

މާސްޓަރޒް ޑީގްރީ

9

ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް

5

ޖުމުލަ:

4

    ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ

ޖުމުލަ

 

ސާރކްގެ ޤައުމުތައް

 

ބެޗުލަރސް ޑިގްރީ

7

އޭ.ސީ.ސީ.އޭ

10

ނާސިންގ

30

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

10

މާސްޓަރޒް ޑީގްރީ

9

ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް

5

ޖުމުލަ:

55

ފުރުޞަތުތަކުގެ ތަފްޞީލް

މިސްކީމުން ލޯނުއެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން.

ށ. މިހާރު ހާސިލްކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވުން.

ނ. 1 ޖޫން 2015 އަށް ކިޔެވުން ފައްޓާފައިނުވާ ފަރާތަކަށްވުން. (1 ޖޫން 2015 ގެ ކުރިން ކިޔަވަން ފަށާފައިވާ ފަރާތްތަކުން ކުރިމަތިލާންވާނީ މިޑިޕާޓްމަންޓުގެ އިޢުލާނު ނަންބަރު (IUL)166-Schol/166/2015/82 އިން ހުޅުވާލާފައިވާ  މިހާރު ކިޔަވަމަންގެންދާ ފަރާތަކުގެ ސްކީމަށެވެ.)

ރ. ދިވެހި ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 އިން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 އިން ފެށިގެން 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. ލެވެލް 7 ގެ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި އެމް.ބީބީ.އެސް، ޑެންޓިސްޓްރީ ހިމެނިފައި އެއް ނުވެއެވެ. އަދި ލެވެލް 9 ގެ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ޕޯސްޓްގްރެޖުއޭޓް މެޑިސިން  ހިމެނިފައެއް ނުވެއެވެ.

ބ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

ޅ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ކ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސްހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން. (ލޯކަލް ކޯހެއްކަމުގައި ނުވާނަމަ އެކޯސް ހެދުމަށް ހުއްދަ ދެވޭނީ ލޯކަލް ކޯސްތަކަށްވުރެ ކޯހުގެ ޚަރަދު ކުޑަވާނަމައެވެ.)

އ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކާ ޚަލާޞްކޮށްފައިވުން

ވ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

މ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން.

ފ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

ދ. ލޯނަށްއެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ތ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން  ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ލ. ލޯނުއެހީއަށް އެދޭފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރ އެއްހުރުން.

ގ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށައަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ޏ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 7 ގައިވާ ލިސްޓްގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ސ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.)

ޑ. ދިވެހި ރައްޔިތެއްކަމުގައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޝަރުޠުތައް

  • ވޭތުވެދިޔަ ތަނުގައި މަތީ ތަޢުލީމަށް މާލީއެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް އިސްކަން ދެވޭނެއެވެ.
  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، މި ލޯން ސްކީމްގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • ޓީޗިންގ ކޯސްތަކަށް ހޮވުމުގައި ސަރުކާރުން ކަނޑައަޅާ އަތޮޅުތެރޭގެ ސްކޫލެއްގައި ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތްކުރަން   އެއްބަސްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ނާރސިންގ ކޯސްތަކަށް ހޮވުމުގައި ސަރުކާރުން ކަނޑައަޅާ އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި ނުވަތަ ޞިއްޙީ މަރުކަޒެއްގައި ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތްކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރިއްޔާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށައަޅާ ސެޓްފިކެޓްތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް 30 ޖޫން 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް  (www.dhe.gov.mv) އިން ލިބެންހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭ ގޮތް ހެދުމަށްޓަކައި އެޕްލިކޭޝަންފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަންފޯމު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަން ފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށައަޅާނަމަ ކުރިން ހުށައެޅި އެޕްލިކޭޝަން ކެންސަލްކުރުމަށް، ފަހުން ހުށައަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށައަޅަންވާނެއެވެ.
  • ފޯމުބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމުހުށައަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއްއޮތްނަމަ ނުވަތަ ފޯމު ފުރިހަމަ ކުރެވިފައިވަނީ ރަނގަޅަށް ނޫންނަމަ، ފޯމުހުށައެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމު ރަނގަޅުކޮށްގެން ފޯމުލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަހާހަމައަށް މަޑުނުކޮށް ފޯމު ހުށަހެޅުމަށް ނަސޭހަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނު އެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނު އެހީގެ ދަށުން ކިޔަވަން ފަށާ ފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނު އެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނު އެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ.
  • ޕޮއިންޓް ގެ ގޮތުން، ފަހު ޖާގައަށް/ ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރު ވެއްޖެ ނަމަ، މިޖާގަ/ ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުއަތުންނެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ 30ޖޫން 2015 އިން ފެށިގެން 21 ޖުލައި 2015 ގެ ނިޔަލަށް، ހެނދުނު 10:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެކައުންޓަރުންނެވެ. އަދި އެޕްލިކޭޝަން ފޯމް 30ޖޫން 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް އަކީ: www.dhe.gov.mv  އެވެ.

އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން:

އިތުރު މަޢުލޫމާތު:  އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަމްބަރަށެވެ.

28 ޖޫން 2015
ހޯދާ