މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ޑެޓް ޕޯޓްފޯލިއޯ އެނަލިސްޓް (އެމް.އެސް 3)

މަޤާމު:

ސީނިއަރ ޑެޓް ޕޯޓްފޯލިއޯ އެނަލިސްޓް (އެމް.އެސް 3)  

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން/ ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް، އިކޮނޮމެޓްރިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް، އިކޮނޮމެޓްރިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ދަޢުލަތުގެ މީޑިއަމް ޓަރމް ޑެޓް ސްޓްރެޓެޖީ އެކުލަވާލުމާއި ފާސްކުރުމަށް ހުށަހެޅުން އަދި ފާސްކުރެވޭ ސްޓްރެޓެޖީ ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން 
  2. ފާސްކުރެވޭ ޑެޓް ސްޓްރެޓެޖީ މިނިސްޓްރީގެ އެގްޒެކެޓިވް ލެވެލްގެ ސަމާލުކަމަށް ގެނެސް ފިސްކަލް ރެސްޕޮންސިބިލިޓީ ބިލް (އެފް.އާރް.އެލް) ގައި ހިމެނިފައިވާ ޓާރގެޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން
  3. ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކުގެ ފައިނެންޝިއަލް އިވޭލުއޭޝަން ހެދުމާއި ލަފާ ދިނުން 
  4. ދައުލަތުގެ ބަޖެޓަށް ތައްޔާރުކުރަންޖެހޭ (ހ) ޑިސްބަރސްމަންޓް ޓޭބަލާއި، (ށ) ގްރާންޓް ޓޭބަލާއި، (ނ) ސަބްސްކްރިޕްޝަން ޓޭބަލާއި، (ރ) ސަބްސިޑިއަރީ ލޯންތަކުގެ ހިސާބުތަކާއި (ބ) ޕީ.އެސް.އައި.ޕީ ފޯމުތަކާއި، ލޯކަލް ކޮމްޕޯނަންޓް ޓޭބަލާ ޓޯޓަލް ޑެޓް ޝީޓް ކޮމްޕައިލްކޮށް ނެޝަނަލް ބަޖެޓް ސެކްޝަނަށް ހުށަހެޅުން
  5. ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކަށް ތައްޔާރުކުރާ ލޯން/ގެރެންޓީ ޕްރޮފައިލް ޗެކްކުރުމާއި އެޕްރޫވްކުރުން
  6. ދައުލަތުން ނަގާ ލޯނުތަކުގެ ރިސްކުގެ މިންވަރު ދެނެގަތުމާއި، ރިސްކުތައް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން
  7. ޑެޓް މެނޭޖްމެންޓް ކޮމިޓީގެ މަޤްޞަދު ހާސިލުވާގޮތަށް ކޮމެޓީގެ މަސައްކަތް ރާވައި ބެލެހެއްޓުން
  8. އޮޕަރޭޝަނަލް ރިސްކް ޕޮލިސީގެ ޑްރާފްޓް އެކުލަވާލައި، ފާސްކޮށް އިމްޕްލިމެންޓްކުރުން
  9. ދައުލަތުގެ ޖުމްލަ ދަރަނި ކޮންސޮލިޑޭޓް ކޮށްފައިވާ ޓޯޓަލް ޑެޓްޝީޓް ޗެކްކުރުން
  10. ދައުލަތުގެ ދަރަނީގެ ބުލެޓިންގ ތައްޔާރުކޮށް ޝާއިޢުކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުން މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.
  • އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- ވަޒީފާގެ ދާއިރާއިން ޓެކްނިކަލް ނޮލެޖް ހުރި މިންވަރު

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 12)

- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %38)

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

9 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން ބޭއްވޭނެއެވެ.

08 ރަމަޟާން 1436

25 ޖޫން 2015
ހޯދާ