ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

06

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2

ރޭންކް: އެސް.އެސް.2

މުސާރަ

މަހަކު -/3,470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ ޔުނިޓް/ ތަން

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

މަޤާމުގެ މަސްއޫލިއްޔަތު

ހަނިމާދޫ އެއަރޕޯޓްގެ އާންމު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަގުތަކާއި ބަދަނރު އަދި ފާލަންތައް ރަނގަޅު ފެންވަރެއްގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަރާމާތުތައް ކުރުން.
  • އިމާރާތްތަކުގައި ކުރަންޖެހޭ މަރާމާތުތައް އޮފީހުން އަންގާ ގޮތެއްގެމަތީން ކުރުން.
  • އެއަރޕޯޓްގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • މަތިންދާބޯޓަށް މުދާއަރުވާ ބޭލުމާއި އަދި މީގެއިތުރުންވެސް ބޯޓުފަހަރަށާއި ޕެސިންޖަރުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • މިއެއަރޕޯޓްގެ ފެނާބެހޭ ސިސްޓަމާއި ނަރުދަމާއާބެހޭ ނިޒާމުތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކަރަންޓާއި ފޯން އަދި ޓީވީކޭބަލް ވަޅުލުމަށްޓަކައި ކޮންނަންޖެހޭ ކޯރުތައް ކޮނުމާއި އަދި މީގެއިތުރުންވެސް މިކަންތައްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އޮފީހުން ބޭނުންވެއްޖެ ހިނދެއްގައި ވާރކްޝޮޕްގައި އަދި ވަޑާންގޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ރަންވޭ ދެފަރާތާއި ޕާރކްތައް އަދި އެއަރޕޯޓްގެ އެހެން ސަރަޙައްދުތަކުން ވިނަކޮށުން.
  • ޢިމާރާތްތައް ފޮޅައި ސާފުކުރުމާއި ކޮޓަރިތަކާއި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރުން.
  • އޮފީހުން ހަމަޖައްސާ އުސޫލެއްގެމަތީން ޑިޔުޓީކުރަން އަންގައިފިނަމަ އެޑިޔުޓީއެއްގައި ހިމެނޭ ކަންތައްތައްކޮށް ޑިޔުޓީ ފުރިހަމަކުރުން.
  • މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން/ ހަނިމާދޫ އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ  ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ ދާއިރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

09 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 15:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދުއަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

25 ޖޫން 2015
ހޯދާ