ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ކާގޯ އޮފިސަރ

މަޤާމު

އެސިސްޓެންޓް ކާގޯ އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކުލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 2

މުސާރަ

މަހަކު -/4,000 ރުފިޔާ.

ސަރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ.

އިނާޔަތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން، ކާގޯ ޔުނިޓް.

މަޤާމުގެ މަސްއޫލިއްޔަތު

ކާގޯ ޔުނިޓުގެ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 30 އިންސައްތައަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައްދޫ އެއަރޕޯޓުގެ އެއަރ ކާގޯ ޔުނިޓުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކާގޯ ބަލައިގަތުމާއި އެއަރވޭ ބިލް ތައްޔާރުކުރުމާއި ފައިސާ ބަލައިގަތުމާއި ކާގޯ ފޮނުވަންޖެހޭ ތަންތަނަށް ގަވާއިދުން ކާގޯ ފޮނުވުން.
  • ކޮންމެ ދުވަހަކު ބަލައިގަންނަ ފައިސާ، ޖެހިގެން އަންނަ ދުވަހުގެ 10:00 ގެ ކުރިން ތަފުސީލާއެކު ގަވާއިދުން ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނާ ހަވާލުކުރުން.
  • ލިބޭފައިސާގެ ދުވަހު ފޮތަކާއި ފައިސާ ޙަވާލުކުރާ ފޮތެއް ތައްޔާރުކޮށް ގަވާއިދުން ބެލެހެއްޓުން.
  • ފައިސާއާ ފައިސާއާބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކާގޯ ޔުނިޓުގައި ބޭނުންކުރާ އެންމެހައި ތަކެތި ގަވާއިދުން ބެލެހެއްޓުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

5 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދުއަށެވެ.

ނޯޓް: މިވަޒީފާތަކަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

29 ޖޫން 2015
ހޯދާ