ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
މުސާރަ
|
-/9,000 ރުފިޔާ
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް، ކ. މާލެ
|
ބޭނުންވާ އަދަދު
|
02
|
މުއްދަތު
|
02 މަސްދުވަސް
|
ޝަރުޠު
|
މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތްރީ އާރު ފޯރަމް އޯގަނައިޒް ކުރުމުގައި ކޯޑިނޭޓަރަށް އެހީތެރިވުން.
- ތްރީ އާރު ފޯރަމާ ގުޅިގެން ތައްޔާރުކުރެވޭ ލިއެކިޔުންތައް ބަރާބަރަށް ފައިލްކޮށް ބެލެހެއްޓުން.
- ތްރީ އާރު ފޯރަމާ ގުޅިގެން ބޭއްވޭ ވާރކްޝޮޕްތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި ބޭނުންވާ ލިއެކިޔުންތައް ތައްޔާރުކުރުމާއި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ނޭޝަނަލް އެވެއަރނެސް ކޭޕްމޭން އޮގަނައިޒްކޮށް ހިންގުމުގައި ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓްގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މަސައްކަތްތަކާ ގުޅިގެން ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް އެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވުން.
- ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. (އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 6 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް،
- އިންޓަރވިއުއާއި އިމްތިޙާންކުރުން 7 ޖުލައި 2015 އާއި 16 ޖުލައި 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
08 ރަމަޟާން 1436
|