ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް/ ކްލެސިފިކޭޝަން:

އީ. އެކްސް. 1 / ޑިރެކްޓަރ

ގިންތި:

ދާއިމީ

އޮފީސް/ އިދާރާ:

ހދ. އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހދ. އަތޮޅު ކައުންސިލްގެ އިދާރާ/ ހދ. ކުޅުދުއްފުށި

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް (ހިއުމަންރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ އެޑިޔުކޭޝަން ނުވަތަ އެޑިއުކޭޝަން މެނޭޖްމަންޓް) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިއިން ދައިރާއަކުން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް (ހިއުމަންރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ އެޑިޔުކޭޝަން ނުވަތަ އެޑިއުކޭޝަން މެނޭޖްމަންޓް) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިއިން ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް (ހިއުމަންރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ އެޑިޔުކޭޝަން ނުވަތަ އެޑިއުކޭޝަން މެނޭޖްމަންޓް) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިއިން ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ހދ. އަތޮޅު ކައުންސިލްގެ ހިއުމަން ރިސޯސް ޑިވިޜަނުގެ މަސްއޫލިއްޔަތުތައް، ޑިވިޜަން ނުވަތަ ޔުނިޓް ލެވެލަށް ބައްސަވައި، ޑިވިޜަނުގެ މެންޑޭޓުގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް، ޑިވިޜަނުގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި ޑިވިޜަނުގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކުރެވިފައިވާގޮތް ރިވިއުކޮށް، ޑިރެކްޓަރ ޖެނެރަލްގެ ލަފަޔާއެކު ގެންނަށްޖެހޭ އިޞްލާޙު ގެނައުން.

2- ކައުންސިލާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާ ގުޅިގެން ހިންގާ ކޯސްތަކާއި، މަސައްކަތު ބައްދަލުވުންތަކާއި ސަރުކާރުގެ އެކި އެކި މުވައްސަސާތަކުން އިންތިޒާމުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުންތަކާ ތަމުރީނުތަކުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

3- ވަޒީފާ ދެއްވާ ޗިޓްތަކާއި ވަޒީފާއިން ވަކިކުރާ ޗިޓްތަކާއި މުވައްޒަފުންގެ ރެކޯޑްތައް ބަރާބަރަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައި އެ ރެކޯޑްތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.

4- ކައުންސިލްގެ ހިއުމަން ރިސޯސް ޔުނިޓުގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން، ކަމާގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ޑިރެކްޓަރ ޖެނެރަލްގެ ލަފަޔާއެކު ހިންގުން.

5- ކައުންސިލްގެ ހިއުމަން ރިސޯސް ޔުނިޓުގެ މަސައްކަތާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވުން.

6- ކައުންސިލްގެ ބަޖެޓަށް ލިބޭ ފައިސާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޔުނިޓުގެ މުވައްޒަފުން ލައްވާ ކުރުވައި ބެލެހެއްޓުން.

7- ބަޖެޓުގައި ނުހިމެނޭގޮތުން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޔުނިޓުގެ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.

8- ރަށު ކައުންސިލްތަކުގެ ފައިސާއާގުޅޭ ހިސާބުތައް ބަލަހައްޓަނީ ޤަވައިދާ އެއްގޮތަށްތޯ ބަލައި، ދޭންޖެހޭ އިރުޝާދު ރަށުކައުންސިލްތަކަށް ދިނުން.

9- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ފައިސާ ޤަވައިދުން ޙަވާލުކުރޭތޯ ބަލައި ޗެކްކުރުން.

10- އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ޔުނިޓުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން.

11- ކައުންސިލް އިދާރާއަށް ގެނެވޭ ހަރުމުދަލާއި، ނައްތައިލެވޭ ހަރުމުދަލުގެ އިންވެންޓްރީ، ސެކްޝަނުގެ މުވައްޒަފަކާ ހަވާލުކޮށްގެން ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.

12- ކައުންސިލްގެ ރައީސާއި ޒިއްމާދާރުވެރިޔާ އަންގާގޮތެއްގެމަތިން އޮފީހުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

އުޖޫރައާ ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް

ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު  (50%)
  • މަސައްކަތުގެ ތަޖުރިބާ (12%)
  • މަސައްކަތުގެ ހުނަރު/ އިންޓަވިއު އާއި ޕްރެޒެންޓޭޝަން (38%)

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އާއި ޕްރެކްޓިސްތައް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއު އާއި، ޕްރެޒެންޓޭޝަން އޮންނާނީ، 2015 ޖުލައި 20 އާއި 30 އާ ދެމެދުގައެވެ. އިންޓަރވިއު އޮންނަ ދުވަހުގެ 5 ދުވަހުގެ ކުރިން އެންގޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ، ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ތަނާއި ސުންގަޑި:

2015  ޖުލައި  9  ވާ  ބުރާސްފަތި  ދުވަހުގެ  14:00  ގެ  ކުރިން،  ސިވިލް  ސަރވިސް  ވަޒީފާއަށް އެދޭ  ފޯމުން،  ހދ.  އަތޮޅު  ކައުންސިލްގެ  އިދާރާއަށެވެ.  ވަޒީފާއަށް  އެދޭ  ފޯމާއި  ލިޔުންތައް،  އީމެއިލާއި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6528875 އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (www.haadhaal.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

(ނ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

ނޯޓު:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސްމަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަންކުރުމުގެ ކްރައިޓީރިއާ" އަތޮޅު ކައުންސިލްގެ ވެބްސައިޓުގައި ޢާންމު ކުރެވިފައި ވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6521100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6528875 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

7 ރަމަޟާން 1436

24 ޖޫން 2015
ހޯދާ