ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ ގރ.1

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ. 1 

އަދަދު: 1

މުސާރަ: -/3240ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 137 (ސ. ހިތަދޫ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ޑެލިވަރ ކުރުމުގެ މަސައްކަތް
  • މުދާ ގުދަނުގެ މަސައްކަތް
  • މުދާތައް ކަސްޓަމަރުންނަށް ޑެލިވަރ ކުރުމުގައި އެހީތެރިވުން
  • ފިހާރައިގެ އެހެނިހެން މަސައްކަތުގައި އެހީތެރިވުން
  • ފިހާރަ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 137 ނަމްބަރ ފިހާރަ (ސ. ހިތަދޫ) ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ– 20345

ނުވަތަ އެސްޓީއޯ 137 ފިހާރަ، ސ. ހިތަދޫ

ފޯން: 3344273، ވެބްސައިޓް: www.stomaldives.com

25 ޖޫން 2015
ހޯދާ