މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

މަޤާމް:

އެގްޒަމިނަރ

ބޭނުންވާ އަދަދު:

03 ފިރިހެން، 03 އަންހެން

އުޖޫރަ:

  • ދެފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް -/15ރ
  • ތިން ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް-/25ރ

މުއްދަތު:

02  އަހަރު

ޝަރުޠު:

  • މ. ކޮޅުފުށީގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން.
  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ދާއިމީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 55 އަހަރުން ދަށުގެ މީހަކު ކަމުގައިވުން.
  • މި ކައުންސިލްގައި އަދި ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • ޑްރައިވިންގެ ލައިސަންސް ކޮޕީ
  • 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓް

އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށެވެ. އީމެއިލްގެ ޒަރިއްޔާއިންނަމަ،   [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ                                       

30 އޮކްޓޫބަރު 2024
ހޯދާ