ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގއ. ކަނޑުހުޅުދޫގެ އިންޖީނުގޭގެ ގޯތީގައި އަލަށް އޮފީސް ބައެއް ޢިމާރާތްކުރުމާ ބެހޭ

ގއ. ކަނޑުހުޅުދޫ އިންޖީނުގޭގެ ގޯތީގައި އަލަށް އޮފީސް ބައެއް ޢިމާރާތްކުރުމަށް ކުރެވުނު ފުރަތަމަ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުޞަތު އަލުން ހުޅުވާލުމަށްފަހު ކުރެވުނު ދެވަނަ ނަންބަރު: FNK-K(T)/FNK/IUL/2015/033ފ(26 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު މި ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުޝީޓު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 10:00 ން 14:00 އަށް މި ކުންފުނީގެ ހެޑްއޮފީހުންނާއި (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަދި ތިރީގައިވާ ބްރާންޗްތަކުން ލިބެން ހުންނާނެއެވެ. މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 2015 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ގއ.ކަނޑުހުޅުދޫ ބްރާންޗަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބްރާންޗްތައް:

  • ގއ. މާމެންދޫ
  • ގއ. ކޮލަމާފުށި
  • ގއ. ދެއްވަދޫ
  • ގއ. ދާންދޫ
  • ގއ. ނިލަންދޫ
  • ގއ. ވިލިނގިލި (ގއ.ރީޖަނަލް އޮފީސް)
  • ގއ. ކަނޑުހުޅުދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮނޑޭ

12 ރަމަޟާން 1436

29 ޖޫން 2015
ހޯދާ