މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ކާށިދޫއިން ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލާ އެއްގޮތަށް، އެކި ބާވަތްތަކުގެ ވިޔަފާރި ކުރުމަށްޓަކައި 01 ބިން ކުއްޔަށް ދޫކުރުން

އެކި ބޭނުންތަކަށް ކ. ކާށިދޫއިން ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލާ އެއްގޮތަށް، އެކި ބާވަތްތަކުގެ ވިޔަފާރި ކުރުމަށްޓަކައި، ކ. ކާށިދޫގެ އުތުރު ސަރަޙައްދުން 900 އަކަފޫޓެގެ ބިމެއް 20 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ފެންނާނެ ޗާޓާއި ބިމުގެ ބޮޑުމިނާއި ބިމުގައި ކުރުމަށް ހުއްދަދެވޭ މަސައްކަތް އެނގޭނެ، ބިމުގެ ތަފްސީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. 

24 އޮކްޓޫބަރު 2024
ހޯދާ