ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ވަގުތީ)

މަޤާމު:

ލޭބަރ (ވަގުތީ) 

ބޭނުންވާ އަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/3,000ރ. އާއި -/6,500ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

  • އަސާސީ ތަޢުލީމުގެ ފެންވަރުހުރުން
  • ރާނައި ސިމެންތިޖަހަން އެނގުން
  • ކުލަ، ދަވާދު އަދި ވަރުނިސްލާން އެނގުން
  • ވޯލްޕޭޕަރ ހިއްޕުމުގެ މަސައްކަތްކުރަން އެނގުން
  • ތެދުވި ވަޑާމުގެ މަސައްކަތް ކުރަން އެނގުން
  • އުސްތަންތަނަށް އެރުމާއި ބަރު އެއްޗެހި އުފުލާ ހެދޭ މީހަކުކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން
  • ޢުމުރާއި ޞިއްޙީގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކުކަމުގައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

02 ޖުލައި 2015 ދުވަހުގެ 13:30 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާތަކެކެވެ.

މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފެންވަރު ނުވަތަ ޝަރުޠުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރަން އެނގޭކަން އަންގައިދޭ ލިޔުންތަކާ އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 02 ޖުލައި 2015 ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

06 ރަމަޟާން 1436

23 ޖޫން 2015
ހޯދާ