ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑަންޓް (ހއ.ތުރާކުނު ޞިއްޙީމަރުކަޒު)

މަޤާމު:

ހެލްތް ކެއަރ އެޓެންޑަންޓް

މަޤާމުގެ ނަންބަރު:

J-402095

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ.ތުރާކުނު ޞިއްޙީމަރުކަޒު

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަރޕޯޓިންގ ކޯ އެލަވަންސް ގޮތުގައި ކޮންމެ މަހަކު 1200 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް މުވައްޒަފަށް ލިބޭ މުސާރައިގެ %35
  3. ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫކުން (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
  4. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫންގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައްކުރުމާއި، ލޭބަރޫމް، ވޯޑު، އިމަޖެންސީ ރޫމް ފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންކަމުގައި ނަރުހުންނަށް އެހީތެރިވުން.
  2. ކްލިނިކް އޭރިޔާތަކާއި، އޮފީސް އިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކުނިކަހާ މޮޕްއަޅާ ސާފުކުރުމާއި އަދި ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން އަދި އަދި އެތަންތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި ހުންނަތަކެއްޗާއި، ފަންކާތައްކަށް މައްސަލައެއް ދިމާވެފައިވާނަމަ  އެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  3. ލޭބަރޫމް، ވޯޑު، ޑްރެސިންރޫމްފަދަ ތަންތަނުން ނައްތާލަންޖެހޭކުނި އިންސިނަރޭޓް ކުރުމާއި، އެހެނިހެން ތަންތަނުން ނަގާ ކުނިތައް، ކުނި އެއްކުރުމަށް ހަމަޖައްސާފައި އޮންނަ ސަރަހައްދަށް ޖަމާކުރުމާއި، ކުނިއަންދާ އިންސިނިރޭޓަރ ސާފުކުރުން.
  4. ކްލިނިކަލް އޭރިޔާތަކާއި، އޮފީސްއިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި އެތަންތަނުގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެއްޗާއި، ދޮރުތަކާއި ބިއްލޫރިތައް ފޮޅާ، ފޮހެ ސާފުކުރުން.
  5. ހެލްތުސެންޓަރގައި ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި. ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓް ކުރުން.
  6. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން.
  7. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ތަކެއްޗާއި ތަކާއި ސިންކުތައް ދޮވެސާފުކުރުމާއި ކަބަޑުތަކުގެ މައްޗާއި އެތެރެ ލެބްޓެކްނީޝަނުންގެ ލަފާގެ މަތިން ސާފުކުރުން.
  8. ޞިއްޙީމަރުކަޒުގެ އެކި ތަންތަނުން ހަޑިވާ ފޮތި، ބެޑްޝީޓް، ބާލީސް އުރަ ، ބާލީސް، ތުވާލި، ދޮރުފޮތި ، ރަބަރު، ބެޑްސްކރީން ފަދަ އެންމެހާ ތަކެތި ދޮވެ އިސްތިރިކުރުމަށް ލޯންޑްރީއަށް ގެންދިއުމާއި އެތަކެތި ދޮވެ އިސްތިރިކޮށް އެ އެއްޗެއް ހުންނަންވާ ތަނަކަށް ގެންދިއުމާއި، ތަކެތިބެހެއްޓުމަށް ކަނޑައަޅާފައިހުންނަ ތަންތަނުގައި ތަރުތީބުން ބެހެއްޓުން.
  9. ޞިއްޙީމަރުކަޒުގައި ދޮވުމަށް ބޭނުންކުރާ ލޯންޑްރީއާއި މެސިން ސާފްކޮށް ބެލެހެއްޓުމާއި ،މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެކަން އެންގުން.
  10. ދޮވެއިސްތިރި ކުރުމަށް ބޭނުންކުރާ ތަކެތި ހަފްތާގައި ކަޑައެޅިފައިވާ ދުވަހު ސްޓޮކުން ނެގުމާއި ބޭނުންކުރުމުގައި ވީވަރަކުން އިގްތިޞާދު ކުރުން.
  11. ވާރޑްތަކާއި ކްލިނިކަލް އޭރިއާތަކާއި އެހެނިހެންތަންތަނުގައި ހުންނަ ފާޚާނާތަށް ކަނޑައެޅިފައިވާ އުސޫލުގެމަތިން ދޮވެސާފް ކުރުމާއި، އެތަންތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  12. ޞިއްޙީމަރުކަޒުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، ޓިޝޫ ހުސްވެފައި ހުރިނަމަ ޓީޝޫބެހެއްޓުން އަދި ޞިއްޙީމަރުކަޒުގެ އެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅިހުސްވެފަހުރިތޯ ބަލާ ޗެކުކޮށް ، ހުސްވުމުން ހުސްވެފައި ހުރި ތަންތަނަށް އާ ސްޓެރީލިއަމް ފުޅިބަދަލުކުރުކުރުވުން
  13. ތަކެތި އުފުލުމާއި ބަދަރަށް ގެންދަންޖެހޭ ތަކެއްޗާއި ބަދަރުން އަދި ފިހާރަތަކުން ގަންނަ ތަކެތި ގެނައުމާއި ތަންތަނަށް ގެންދަންޖެހޭތަކެތި ގެންދިއުން.
  14. ޞިއްޙީމަރުކަޒުގައި ހުންނަ ގުދަންތަކާއި، ޞިއްޙީމަރުކަޒުގެ ބޭނުމަށް ކުއްޔަށްހިފާފައިވާ ގުދަންތައް ސްޓޯކީޕަރުންގެ އިރުޝާދުގެދަށުން ކުނިކަހާ، މޮޕްކުރުމާއި ހަރުތައް ސާފުކުރުން.
  15. ޞިއްޙީމަރުކަޒުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ، ދައުވަތުތައް އެފަރާތްތަކަށް ރައްދުކުރުމާއި، މުވައްޒަފުންނަށް ބައްދަލުވުންތަކަށް ކިޔުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވުން.
  16. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ޞިއްޙީމަރުކަޒުގެ ވަށައިގެންވާ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކުރުން.
  17. ޞިއްޙީމަރުކަޒު ގޯތިތެރޭގައާއި އިމާރާތުގެ އެތެރޭގައި ބަގީޗާގަސްހެއްދުމާއި، ގަސްތަކަށްފެންދިނުމާއި، ގަސްތައް ބެލެހެއްޓުން.
  18. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  19. ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

މަޤާމުގެ މަސައްކަތު ދާއިރާ:

 

 

ތައުލީމީ ރޮގުތައް:

1. ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކުރާ ލިޔުމަށް ބަލައިގެން ނުވަތަ،
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލއިގެން ނުވަތަ،
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން

 

 

  • ކްލީނިންގް އެންޑް ލޯންޑްރީ
  • ފޮޅާ ސާފުކުރުން
  • ޕޭޝަންޓް ކެއަރ ސާރވިސް

 

 

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ. ތުރާކުނު ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ހއ.ތުރާކުނު ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފޮނުއްވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 ނޮވެމްބަރ 2024 އާއި 28 ނޮވެމްބަރ 2024 އާ ދެމެދުގެ ތާރީހެއްގައި، ހއ.ތުރާކުނުޞިއްޙީމަރުކަޒުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500563 އަށެވެ. އީ-މެއިލް ކުރާނީ ha. [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

22 އޮކްޓޫބަރު 2024
ހޯދާ