މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޑިނޭޓަރ (ކޮންޓްރެކްޓް)

އިޢުލާނު 

މަޤާމު:

ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕެޓްކެއަރ ފެސިލިޓީ / ހުޅުމާލެ ސެކްޝަން

މުސާރަ:

12,500.00 ރުފިޔާ.

ފޯން އެލަވަންސް:

300.00 ރުފިޔާ.

އިތުރުގަޑި:

މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ތަން ހިންގުން:

  1.  ފެސިލިޓީގެ ހިންގުމުގެ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބުޅަލުގެ ދުޅަހެޔޮކަން އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުން.
  2. ސާފުތާހިރުކަމާއި، ކާންދިނުމާއި، ބޭސްފަރުވާ ދިނުން ފަދަ އެންމެހާކަންކަން ކަނޑައެޅިފައިވާ މިންގަނޑާ ހިންގުމުގެ އުސޫލުތައް ހިފެހެއްޓުން.
  3. ފެސިލިޓީއަށް ގެންނަ ބުޅާތައް ބަލައިގަތުމާއި، ޓްރާންސްފަރކުރުމާއި، އެޑޮޕްޓްކުރުމާއި، ދޫކޮށްލުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން. އަދި ތަނަށްގެންނެވޭ ބުޅާތަކަށް ބޭނުންވެއްޖެ ހިނދެއްގައި އަވަސް ފަރުވާ ލިބޭކަން ކަށަވަރުކުރުން.
  4. އަނިޔާލިބިގެން ގެނެވޭ ބުޅާތަކާ ގުޅިގެން ތަޙްގީގަށް އެހީތެރިވުމާއި ފެސިލިޓީގެ ފަރާތުން ތަޙްޤީގީ އިދާރާތަކާއެކު ވިލަރެސްކުރުން.
  5. އެކަށީގެންވާ ފަރުވާ ލިބޭކަން ކަށަވަރުކުރުމަށާއި މާލޭގައި ބުޅާ ބަލަހައްޓާ އެހެން ފަރާތްތަކާއެކު ގުޅުން ބަދަހިކުރުން.
  6. ފޮސްޓަރ ކެއަރ ޕްރޮގްރާމް ހިންގުމަށް މުވައްޒަފުން ހަމަޖެއްސުމާއި އެކަން އޮމާންކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން.
  7.  ފެސިލިޓީގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ޔުތަނޭޝިޔާގެ ނިންމުންތައް ނިންމުމާއި، އެފަދަ އެންމެހާ ކަންކަން އޯގާތެރިކަމާއި ފަރުވާތެރިކަމާއެކު ކުރެވޭކަން ކަށަވަރުކުރުން.

 މީހުން މެނޭޖްކުރުން:

  1.  ފެސިލިޓީއަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާ ދިނުމާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނާއި އިރުޝާދު ދިނުމަށް ހިޔުމަން ރިސޯސަސް ޑިޕާރޓްމަންޓަށް އެހީތެރިވުން.
  2.  ހުރިހާ މުވައްޒަފުންނަށް ވެސް މަސައްކަތުގެ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ގަވާއިދުން މުރާޖަޢާކުރެރެވޭކަން ޔަގީންކުރުން.
  3.  ވޮލަންޓިއަރުންގެ ކަންކަން ބަލަހައްޓާނެ ގޮތްތައް ކަނޑައަޅައި،  ފެސިލިޓީގެ މަސައްކަތްތަކަށް އެހީތެރިވާނެ ވޮލަންޓިއަރުންގެ ޕްރޮގްރާމެއް ހިންގުން.
  4.  ބަޖެޓުގެ މިންގަނޑުތަކާއި ހިންގުމުގެ ބޭނުންތަކަށް ފެތޭގޮތަށް މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ޝެޑިއުލް ހަމަޖެއްސުން.
  5.   ފެސިލިޓީގައި ޞިއްޙަތާއި ރައްކާތެރިކަމާއި ދުޅަހެޔޮކަން ކުރިއެރުވުމާއެކު، ޤާނޫނީ އަދި އިދާރީ ޝަރުޠުތަކަށް ފެތޭކަން ޔަގީންކުރުން.
  6.  މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ކާމިޔާބީތައް ފާހަގަކޮށް، އެކުވެރި މަސައްކަތުގެ މާޙައުލެއް އުފެއްދުން.
  7.  ފެސިލިޓީގެ މަސައްކަތް އަދާހަމަކޮށް މުވައްޒަފުންނާއި ހިއްސާކުރުމަށާއި ޚިޔާލު ހޯދުމަށް ގަވާއިދުން ޓީމް ބައްދަލުވުންތައް ބޭއްވުން.
  8.  އައު ޕްރޮގްރާމްތަކާއި ސިޔާސަތުތައް ތަޢާރަފުކުރުމުގައި، މެނޭޖްމަންޓަށް އާރޯކަން ގެނައުމުގެ އުކުޅުތައް ބޭނުންކުރުން.
  9. އެއްވެސް ޖަމާޢީ އެއްބަސްވުމެއް ވާނަމަ، އެ އެއްބަސްވުން ރަނގަޅަށް ތަންފީޒުކުރެވޭކަން ޔަގީންކުރުން.

މާލީ އަދި އިދާރީ ޒިންމާތައް:

  1.  ފެސިލިޓީގެ ބަޖެޓް ބެލެހެއްޓުމާއި، ހުރިހާ މާލީ މުޢާމަލާތްތަކެއް ޒިންމާދާރުކަމާއެކު ބެލެހެއްޓުން.
  2.  ފެސިލިޓީއަށް އެހީ ދޭ ފަރާތްތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ އެކު ރަނގަޅު ގުޅުމެއް ބިނާކޮށް ދެމެހެއްޓުން.
  3.  ފެސިލިޓީގެ ޚިދުމަތްތަކުގައި ހުރި އުނިކަންތައްތައް ދެނެގަނެ، އެކަންކަން ޙައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މެނޭޖްމަންޓަށް ހުށަހެޅުންތައް ހުށަހެޅުން.
  4.  ފެސިލިޓީގެ ހިންގުން ކުރިއެރުވުމަށް ފައިސާ އާއި އެހީ ހޯދުމުގެ ޙަރަކާތްތަކާއި މުޖުތަމަޢުއަށް އަމާޒުކޮށްގެން ހިންގޭ ޙަރަކާތްތަކުގައި ބައިވެރިވުން.       
  5.   ފެސިލިޓީގެ ހުރިހާ އާލާތްތަކާއި ވަސީލަތްތައް ރަނގަޅު ހާލަތުގައި ބެލެހެއްޓުމާއި، ބޮޑެތި މަރާމާތުތަކަށް ބޭނުންވާ ކަންކަން ބަޔާންކޮށް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުން.
  6.   ފެސިލިޓީގެ މަސައްކަތުގެ ފެންވަރު ދައްކުވައިދޭ ތަފާސްހިސާބުގެ ރިޕޯޓުތައް ކޮންމެ މަހަކު ސިޓީ ކައުންސިލަށް ހުށަހެޅުން.
  7.   ފެސިލިޓީގެ މަސައްކަތާ ގުޅޭ ކަންކަމުގައި މީޑިއާ އަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ފެސިލިޓީ ތަމްސީލުކޮށް، ފެސިލިޓީގެ  މަޤްޞަދާއި މަސައްކަތްތައް ބަޔާންކޮށްދިނުން.             

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީ ލެވެލްގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.  

 

ތަޢުލީމީ ރޮނގުތައް:

  • މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ހިޔުމަން ރިސޯސަސް
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ވެޓެރިނަރީ ސައެންސް
  • މާރކެޓިންގ
  • ޕަބްލިކް ރިލޭޝަންސް
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  • އެންވަޔަރަންމެންޓަލް ސައިންސް

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  • މެނޭޖްމަންޓް، ވެޓެރިނަރީ ސަރވިސަސް، އެނިމަލް ވެލްފެއަރ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  7. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ކާމިޔާބު ކެންޑިޑޭޓެއްގެ ކިބައިގައި ވަރަށް ރަނގަޅު ކަސްޓަމަރ ސަރވިސްގެ ހުނަރާއި ވަރަށް ރަނގަޅު މުއާމަލާތްކުރުމުގެ ހުނަރު ހުންނަންވާނެއެވެ. އިސްކަންދެނީ ބުޅާލާ އަޅާލުން ހުންނަ މީހުންނަށާއި، އެކުވެރި އަދި ހިތްހެޔޮ މީހުންނަށާއި، އަވަދިނެތި މަސައްކަތްކުރާ މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މީހުންނަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޫބަރު 2024 ގެ 14:00 ގެ ކުރިން، މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                                      20 ރަބީޢުލްއާޚިރު 1446
22 އޮކްޓޫބަރު 2024
ހޯދާ