މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެޓެރިނަރީ ނަރުސް (ކޮންޓްރެކްޓް)

އިޢުލާނު 

މަޤާމު:

ވެޓެރިނަރީ ނަރުސް

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕެޓްކެއަރ ފެސިލިޓީ / ހުޅުމާލެ ސެކްޝަން

މުސާރަ:

8,130.00 ރުފިޔާ.

ސަރވިސް އެލަވަންސް:

100.00 ރުފިޔާ. (މަސައްކަތްކުރާ ދުވަހަކަށް)

އިތުރުގަޑި:

މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސިއްޙީ އެހީތެރިކަން:

  1. ހުޅުމާލޭގައި ހުންނަ  ޕެޓްކެއަރ ފެސިލިޓީއަށް  ވެޓްރިނަރީ ޚިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
  2. އާންމު ޗެކަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަންއަށް  އެހީތެރިވުން.
  3. ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން (ކާންދިނުމާއި، ބޭސްއެޅުމާއި، އަދި އިންޖެކްޝަން ޖެހުން).
  4. ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި، އަދި މިނޫނަސް އެހެނިހެން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ކުރުން.
  5. އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުން.

 ނާރސިންގ ފަރުވާ:

  1. ބުޅާތަކުގެ ސިއްޙަތު ބެލެހެއްޓުމާއި، ފަރުވާ ދިނުމާއި، އަދި މެޑިކަލް ރެކޯޑު ބެލެހެއްޓުމާއެކު ދުވަހުން ދުވަހަށް ނާރސިންގ ފަރުވާ ދިނުން.
  2. ބަލި ނުވަތަ ޒަޚަމްވެފައިވާ ބުޅާތަކަށް ކާންދިނުމާއި، ފެންދިނުމާއި، އަދި ޚާއްޞަ ފަރުވާ ދިނުމުގައި އެހީތެރިވުން.
  3. ބުޅާތަކުގެ ސިއްޙަތާއި، ސާފުތާހިރުކަމާއި، އަދި ދުޅަހެޔޮކަމާ ބެހޭ އެންމެ ރަނގަޅު އުސޫލުތައް މުވައްޒަފުންނާއި ވޮލަންޓިއަރުންނަށް އުނގަންނައިދިނުން.
  4. ފެސިލިޓީއަށް  އަލަށް ގެނެވޭ ބުޅާތަކުގެ ސިއްޙީ ޙާލަތު ވަޒަންކޮށް، ބޭނުންވާ ފަރުވާގެ ޕްލޭންތައް ފެށުމުގައި އެހީތެރިވުން.

 

 ސަރޖިކަލް އަދި ކްލިނިކަލް އެހީތެރިކަން:

  1.  އޮޕަރޭޝަން ކުރާ ސަރަޙައްދުތަކާއި އާލާތްތައް ސާފުކޮށް، އޮޕަރޭޝަނަށް ތައްޔާރުކުރުން.
  2.  ދަތް ސާފުކުރުމާއި ކުދި އޮޕަރޭޝަންތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3.  އޮޕަރޭޝަންގެ އާލާތްތަކާއި ސާމާނުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

ކުއްލި ޙާލަތުގެ ފަރުވާ:

  1.  ބޭނުންވެއްޖެ ހިނދެއްގައި ބުޅާތަކަށް ފަސްޓް އެއިޑް އަދި ކުއްލި ޙާލަތުގެ ފަރުވާ ދިނުން.
  2.  ނާޒުކު/ފުރާނައަށްނުރައްކާވާ ޙާލަތުގައި ތިބޭ ބުޅާތަކަށް ވެޓެރިނޭރިއަންއަށް އެހީތެރިވެދިނުމާއި، އަވަސް ފަރުވާ ބޭނުންވާ ޙާލަތްތަކުގައި އެކަށީގެންވާ ފަރުވާ ލަސްނުކޮށް ލިބޭކަން ޔަޤީންކުރުން.

 ވިލަރެސްކުރުމާއި މުޢާމަލާތް ކުރުން:

  1. ވެޓެރިނޭރިއަން އަދި  ފެސިލިޓީގެ މެނޭޖަރާ ގާތުން މަސައްކަތްކޮށް، ބުޅާތަކުގެ ފަރުވާ ވިލަރެސްކުރުމާއި ޞިއްޙީ އުސޫލުތައް ރަނގަޅަށް ތަންފީޒުކުރުން ކަށަވަރުކުރުން.
  2.  ވަކިވަކި ބުޅާތަކުގެ ޞިއްޙީ ހާލަތާއި ބެހޭގޮތުން ވެޓެރިނަރީ ޓީމާއި މައުލޫމާތު ހިއްސާކުރުން.
  3.  ފެސިލިޓީގެ މެޑިކަލް ރެކޯޑު ސިސްޓަމުގައި ހުރިހާ މެޑިކަލް ފަރުވާތަކާއި، ޕްރޮސީޖަރތަކާއި، އަދި އޮބްޒަވޭޝަންތަކުގެ ސައްޙަ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.

ތަޢުލީމާއި އައުޓްރީޗް:

  1.  ޕެޓްކެއަރ ފެސިލިޓީއިން ދޭ ޚިދުމަތްތަކާއިބެހޭ ގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވުން.
  2.  އަސާސީ ވެޓެރިނަރީ ޕްރޮސީޖަރތަކާއި ބުޅާ ބެލެހެއްޓުމާ ބެހޭގޮތުން  ފެސިލިޓީގެ މުވައްޒަފުންނާއި ވޮލަންޓިއަރުންނަށް ތަމަމްރީނު ދިނުމުގައި އެހީތެރިވުން.

އިންފެކްޝަން ކޮންޓްރޯލް:

  1.  ފެސިލިޓީގެ އިންފެކްޝަން ކޮންޓްރޯލް އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން، އޭގެ ތެރޭގައި ސަރޖިކަލް އޭރިއާތަކާއި، އެގްޒަމިނޭޝަން ކޮޓަރިތަކާއި، އައިސޮލޭޝަން އޭރިއާތައް ސާފުކޮށް ޑިސްއިންފެކްޓް ކުރުން ހިމެނޭ.

  ފެސިލިޓީގައި ތިބޭ ޖަނަވާރުތަކުގެ ދުޅަހެޔޮކަން މޮނިޓަރކޮށް، ބައްޔެއް ފެތުރިދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުވަތަ ބަލި ފެތުރުމެއް ފާހަގަކުރެވިއްޖެނަމަ ވެޓެރިނޭރިއަންއަށް ރިޕޯޓުކުރުން.

މަޤާމުގެ ޝަރުޠުތައް:

 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ނަރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮއްފައިވުން.

ނުވަތަ،

  1. ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، 2 އަހަރުގެ  ތަޖުރިބާ ލިބިފައިވުން.

ތައުލީމީ ރޮނގުތައް:

  • އެނެސްތެޓިކް ކެއަރ
  • ކްރިޓިކަލް ކެއަރ
  • ނާސިންގ
  • ވެޓެރިނަރީ ސައެންސް

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  • ނާސިންގ
  • ވެޓެރިނަރީ ސައެންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  7. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން.
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ބުޅާތަކުގެ ބަލިތަކާއި، ޞިއްޙީ މައްސަލަތަކާއި، ފަރުވާގެ ގޮތްތަކާ ބެހޭ ފުން މަޢުލޫމާތު ލިބިފައިވާ ފަރާތެއް.
  • ބޭސް ދިނުމާއި މެޑިކަލް އަދި ސަރޖިކަލް ޕްރޮސީޖަރތަކުގައި އެހީތެރިވުމުގެ ހުނަރު.
  • އަވަސް، އަދި ބައެއްފަހަރު ޖަޒުބާތީގޮތުން ބުރަ މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން.
  • ބުޅަލާ މެދު ޙަޤީޤީ އޯގާތެރި އަދި ދުޅަހެޔޮކަމަށް އިސްކަމެއްދޭނެ ފަރާތެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޫބަރު 2024 ގެ 14:00 ގެ ކުރިން، މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                                   20 ރަބީޢުލްއާޚިރު 1446
22 އޮކްޓޫބަރު 2024
ހޯދާ