މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެޓެރިނޭރިއަން (ކޮންޓްރެކްޓް)

އިޢުލާނު 

މަޤާމު:

ވެޓެރިނޭރިއަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕެޓްކެއަރ ފެސިލިޓީ / ހުޅުމާލެ ސެކްޝަން

މުސާރަ:

35,000.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހުޅުމާލޭގައި ހުންނަ ޕެޓްކެއަރ ފެސިލިޓީއަށް ވެޓްރިނަރީ ޚިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
  2. ޕެޓްކެއަރ ފެސިލިޓީއަށް  ގެނެވޭ ބުޅާތަކުގެ މެޑިކަލް އެގްޒެމިނޭޝަން ހެދުމާއި، ޞިއްޙީ ޙާލަތު ބެލެހެއްޓުން.
  3. ވެޓްރިނަރީ ޚިދުމަތް ބޭނުންވާ މާލޭގެ އަވަށްތަކަށް ޒިޔާރަތްކޮށް ޚިދުމަތް ދިނުން.
  4. ފާރމް އެނިމަލް އާއި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ނުވަތަ ދޫނި ސޫފާ ސުއިޕަށް ޖެހޭ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމާއި ސަރޖަރީ ހެދުން. އަދި މިފަދަ ޖަނަވާރުތަކުގެ ސިއްޙަތާބެހޭ ގޮތުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދުނުން.
  5. އެހެން ޚިދުމަތްތެރީންނާއި ޓެކްނީޝަނުންގެ އެހީތެރިކަމާއެކު ސްޕޭ/ނިއުޓަރ ސާޖަރީ އާއި ކުރަންޖެހޭ އެހެނިހެން ސާޖަރީތައް ކުރުން.
  6. މާލެ ސިޓީއަށް އެތެރެކުރާ ދިރޭ ޖަނަވާރު އެތެރެ ކުރުން މެނޭޖުކުރުމަށްޓަކައި ހަދަންޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުން.
  7. ފެސިލިޓީއަށް ގެންނަ ބުޅާ އެޑޮޕްޓްކުރަން ބޭނުންވާ ސެޓްފިކޭޝަން ދޫކުރުން.
  8. ފެސިލިޓީގައި މަސައްކަތްކުރާ ވެޓްނަރީ އެސިސްޓަންޓުންނާއި އަދި އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި އޯގާތެރިކަމާއި އެކު ބުޅާ ބެލެހެއްޓުމަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  9. ފެސިލިޓީގައި ކުރާ ބައެއް މަސައްކަތްތަކުގެ ބޭސިކް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް (އެސްއޯޕީ) ތައް މުރާޖާކޮށް ބެލެހެއްޓުމާއި ރިސްކް އެނަލިސިސް ހެދުމުގައި ފަންނީ ލަފާ ދިނުން.
  10. ބުޅަލުގެ ސިއްހަތާ ގުޅޭ ތަމްރީނުތަކާއި ޑައިގްނޯސްޓިކް އަދި ފަރުވާގެ ޕްރޮޓޮކޯލްތައް އަޕްޑޭޓް ކުރުން.
  11. ފެސިލިޓީގައި ގެންގުޅޭ ބުޅަލުގެޞިއްޙަތު ދެމެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެޑިސިން ޕްރޮޓޮކޯލްތައް އެކުލަވާލައި މެނޭޖްކުރުން.
  12. މަދަނީ ޖަމާއަތްތަކުން ހިންގާ ޖަނަވާރާބެހޭ ވެލްނެސް ކްލިނިކްތައް މެދުވެރިކޮށް ވެލްނެސްގެ ހިދުމަތް ހިންގުން.
  13. ކަރުދާހާއި އިލެކްޓްރޯނިކް ރެކޯޑުތަކުގެ މެޑިކަލް މައުލޫމާތު ރަނގަޅަށް ރެކޯޑްކޮށް، ވަގުތުން އަޕްޑޭޓްތައް ކަށަވަރުކުރުން.
  14. ފެސިލިޓީގައި ގެންގުޅޭ ބުޅަލުގެ ހުރިހާ ޞިއްޙީ ބޭނުންތައް ފުއްދައިދިނުމަށް ފެސިލިޓީގެ ސްޓާފުންނާ ގުޅިގެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ވެޓެރިނަރީ ބޭސްވެރިކަން ކުރުމުގެ ހުއްދަ އޮތުން.
  3. ވެޓެރިނަރީ ބޭސްވެރިކަމުގެ ތަޖުރިބާ ހުރުން، ޚާއްޞަކޮށް ގިނަ އަދަދަކަށް ސަރޖިކަލް ސްޓެރިލައިޒޭޝަން (ސްޕޭ/ނިއުޓަރ ސަރޖަރީތައް) ކުރުމުގެ ތަޖުރިބާ ހުރުން އިސްކަންދެވޭނެއެވެ.

 

ތަޢުލީމީ ރޮނގުތައް:

  • ވެޓެރިނަރީ ސައެންސް
  • ވެޓެރިނަރީ މެޑިސިން

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް:

  •  ވެރިޓިނަރީ ސައެންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ވެޓެރިނަރީ ސައެންސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  7. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން.
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޫބަރު 2024 ގެ 14:00 ގެ ކުރިން، މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                                   20 ރަބީޢުލްއާޚިރު 1446
22 އޮކްޓޫބަރު 2024
ހޯދާ