މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މިއަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން އެމް.އެން.ޑީ.އެފް އިން ޝަހީދުންގެ ބިނާގައި ބޭއްވޭ ދިދަ އާއި ގާރޑް މައުންޓްކުރުމުގެ ރަސްމިއްޔާތުގެ ފަރިތަކުރުންތަކާ ގުޅޭ

 

                         އިޢުލާން

މިއަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޝަހީދުންގެ ބިނާގައި ބޭއްވޭ ދިދަ އާއި ގާރޑް މައުންޓްކުރުމުގެ ރަސްމިއްޔާތުގެ ފަރިތަކުރުންތަކުގައި 2024 އޮކްޓޫބަރު 22 ވަނަ ދުވަހުންފެށިގެން ނަސްރުގެ ދުވަހުގެ ރަސްމިއްޔާތު ނިމެންދެން ކޮންމެ ދުވަހެއްގެ 09:00 އާއި 10:30 އާއި ދެމެދު ސިފައިންގެ މަރުކަޒު (ބަންޑާރަކޮށި) ގައި، އަދި ޝަހީދުންގެ ބިނާގައި ބްލޭންކްސް ފަޔަރ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

22 އޮކްޓޫބަރު 2024
ހޯދާ