ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއިގުޅޭ

 

 

އިއުލާން    

 

 މި ސްކޫލުގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއިގުޅޭ

މި ސްކޫލުގެ ބެލުމުގެދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 29 އޮކްޓޯބަރު 2024 ވާ އަންގާރަ ދުވަހުގެ ހަވީރު 16:45 ގައި ބިލެތްފަހީ ސްކޫލުގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

#

މުދަލުގެ ތަފްސީލް

އަދަދު

1

އެއަރ ކޮންޑިޝަން

6

2

ސްޕީކަރ

7

3

ސުކޭނަރ

2

4

ޕީ.އޭ.ބީ.އެކްސް

2

5

ޕްރޮޖެކްޓަރ

1

6

އެމްޕް

4

7

ޑެސްކް ފޯން

4

8

ފެކްސް މެޝިން

1

9

ސީޑީ ޕްލެޔަރ

2

10

ރޭޑިޔޯ

1

11

ޓީވީ

3

12

ސީ.ޕީ.ޔޫ

4

13

މޮނީޓާރ

2

14

ފައިބާ ކޭބަލް ރޯލް

1

15

ޕްރިންޓާރ

3

16

ކައްޓާ

1

17

ފަންކާ

30

18

ކީބޯޑް

1

19

ޕޯޑިއަމް މައިކް

1

20

ޑެސްކް

49

21

ގޮޑި

62

22

ކަބަޑު

1

23

އިންޖީން

1

24

ލޮކަރު

1

 

ނީލަންކިޔުމުގެ ޢުސޫލު

 

  1. ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

  1. ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  2. ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  3. ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  4. ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި https://bandeyripay.finance.gov.mv/ ބަނޑޭރި ޕޯރޓަލް އިން މި ސްކޫލަށް ދައްކައި ޚަލާޞްކުރަންވާނެއެވެ.
  5.  ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 އިތުރު މައޫލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯނުން ނުވަތަ އީމެލް ކުރެއްވުން އެދެމެވެ.

 ބިލެތްފަހީ ސްކޫލް

 ށ.ބިލެތްފަހީ، ދިވެހިރާއްޖެ

 ފޯން: 6540580

 އީ-މެއިލް: [email protected]

 19 ރަބީޢުލްއާޙިރު  1446

22  އޮކްޓޫބަރ 2024

22 އޮކްޓޫބަރު 2024
ހޯދާ