މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިވާމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. 

މަޤާމް: ވޮޗަރ

ބޭނުންވާ އަދަދު: 2 (ދޭއް)

ކްލެފިކޭޝަން: ސަޕޯޓް ސްޓާފް 1

ރޭންކް: އެސް. އެސް. 1

މަޤާމުގެ މުސާރަ: -/3,100.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2550.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓު

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (620.00 ރުފިޔާ)

މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތް:

1. ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓުގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި ފާސްކުރުން.

2. ކޯޓުގެ ޢިމާރާތާއި، ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން.

3. ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން.

4. ކޯޓުގެ ޢިމާރާތާއި ގޯތީގައިހުރި އެއްވެސް އެއްޗަކަށް އެއްވެސް ފަރާތަކުން ގެއްލުމެއްދިނަ ނުދިނުން.

5. އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކޯޓުގެ ގޯތިތެރޭގެ ލައިޓްތައް ދިއްލާފައި ހުރިތޯ ބަލައި، ލައިޓެއް އަނދައިފިނަމަ، އެ މަޢުލޫމާތު ކަމާގުޅޭ މުވައްޒަފުންނަށް ދިނުން.

6. މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 2015  ޖޫން  30  ވާ  އަންގާރަ  ދުވަހުގެ  14:00  ގެ  ކުރިން،  "ޝަރުޢީ  ދާއިރާގެ  ވަޒީފާއަށް  އެދޭ  ފޯމް"  ފުރިހަމަކުރުމަށްފަހު،  މި ކޯޓަށް ނުވަތަ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.
  • ވަޒީފާއަށް އެދި މި ކޯޓުގެ ފެކްސް ނަންބަރު 6720599 އަށް ފޮނުވާ ފެކްސްތަކާއި، މި ކޯޓުގެ އީމެއިލް [email protected]  އަށް ފޮނުވާ އީމެއިލްތައްވެސް ގަބޫލުކުރެވޭނެއެވެ. ނަމަވެސް ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔުންތައް ހަމައަށް ކޯޓަށް ލިބުނުތޯ ބަލައި ޗެކްކުރުމަކީ،  އެ ލިޔުންތައް ފޮނުވާ ފަރާތުގެ ކަމެކެވެ. އަދި އިންޓަވިޔުއަށް ހާޒިރުވާއިރު، މިފަދަ އެންމެހައި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި،  ލިވިންގ އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މެޖިސްޓްރޭޓް ކޯޓްތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) (އިންޓަވިޔުއަށް ހާޒިރުވާއިރު، ތަޢުލީމީ ސެޓްފިކެޓްތަކާއި، ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާގެ ނަމާއި، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
  6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އެހެނިހެން ކަންތައްތައް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތުތައް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ވަޒީފާ މީހަކު ޢައްޔަންކުރުމުގެކުރިން، މަތީގައި ހަވާލާދިން މާއްދާގެ (ށ) ގައި ބުނާ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމުލައަށް ބަލައިގެންނެވެ.

އިންޓަވިއު:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން، 2015 ޖުލައި 2 ވަނަ ދުވަހު މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެގެން މ. ރަތްމަންދޫއަށް  ހާޒިރުވެ ތިބުން އެދެެމެވެ. އިންޓަވިއުކުރާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6720012 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ރަމަޟާން 1436

22 ޖޫން 2015
ހޯދާ