ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސުން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޅ. ނައިފަރާއި ޏ. ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯސްތަކުގައި ކިޔަވައިދިނުމަށް ރިސޯސް ޤުރްއާން މުދައްރިސުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 02

މުސާރަ: ނަގައިދޭ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ޝަރުޠު: ޤުރްއާން މުދައްރިސް ޑިޕްލޮމާ ހަދާފައިވުން.

މުއްދަތު: 02 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

07 ރަމަޟާން 1436

24 ޖޫން 2015
ހޯދާ