މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އަތޮޅު ތުލުސްދޫގެ ބަނދަރު ސަރަހައްދުގައި ފެރީ ޓާމިނަލެއް އަޅައިދޭނެ ފަރާތެއް ހޯދުން (ފޭސް 1)

އަމިއްލަ ތަކެތީގައި ތުލުސްދޫގެ ބަނދަރުގައި ފެރީޓަރމިނަލް ތަރަށްޤީކޮށް ޓްރާންސިޓް ޕަސެންޖަރުންނަށް ތިބެވޭނެ ގޮތަށް ކެފޭ ރެސްޓޯރަންޓްގެ ޙިދުމަތް ފޯރުކޮށްދީ ކުރޮސް ސަބްސިޑީގެ އުސޫލުން ހިންގުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

މިމަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ތިރީގައި މިވާ ގޫގުލް ފޯމް ކުރިން ފުރިހަމަކުރެއްވުން އެދެމެވެ.

ލިންކް : https://forms.gle/3UeNAK7M9gJrnNWA9 

30 އޮކްޓޯބަރ 2024 ވާބުދަ ދުވަހު 13:00ގެ ކުރިން 

މަޢުލޫމާތު ދިނުން  

  • 30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހު 11:00 ގައި ތުލުސްދޫ ކައުންސިލް އިދާރާގައެވެ.

ބީލަން ހުށަހެޅުން

  • 04 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

މިބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.

21 އޮކްޓޫބަރު 2024
ހޯދާ