ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިޢުލާނަކީ، މި ޑިޕާޓްމަންޓުން 2 ޖޫން 2015 ގައި ކޮށްފައިވާ IUL)166/166/2015/65) ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް، ފައިނޭންސަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން                 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓާއި، ލީގަލް އެފެއާޒް ސެކްޝަން މުވައްޒަފުންނަށް ލަފައާއި އިރުޝާދުދީގެން ބަލަހައްޓާ ތިރީގައިމިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަގޮތެއްގައި ހަވާލުކޮށް އެންމެހައި މަސައްކަތްތައް ސުޕަރވައިޒްކޮށް ހިންގުން:

- ޑީ.އެޗް.އީގެ މައި ބަޖެޓާއި އެހެނިހެން އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ކޮންޓްރޯލްކުރުމާއި، އެކައުންޓްތަކުގެ ހުރިހާ ކަމެއް، މާލިއްޔަތު ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން.

- ޑީ. އެޗް. އީ. އަށް ރިޕޭމަންޓުގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ، މާލިއްޔަތު ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެކަމާގުޅޭ ހުރިހާ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުވުން.

- އެ އަހަރެއްގެ ބަޖެޓާ ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ، ބަޖެޓުގެ ކަމާބެހޭ ކޯޑަށް ދުރާލާ ހަމަޖައްސައި ރިޒާވްކުރުމާއި، ބަޖެޓާ ގުޅިގެން ފައިނޭންސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކުރިޔަށް އޮންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓް، ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދިނުމުގެ މަސައްކަތް ކުރުވުން.

- ބަޖެޓާ ގުޅިގެން ބައިވެރިވާންޖެހޭ އެކިއެކި ބައްދަލުވުންތަކުގައި ވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެ، އެ ބައްދަލުވުންތަކުގައި އޮފީސް ތަމްސީލުކުރުން.

- ފައިސާގެ ހިސާބުތައް އޮޑިޓްކުރުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާއިން އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، އެ މަސަކަތްތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠު

1. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބަޖެޓް ހެދުން ނުވަތަ ބަޖެޓާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

- އިންޓަވިއުއަށް ދަޢުަވތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖުލައި 8 އާއި 15 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވިނަމަ ވަކިވިދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 6 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341307 ނަންބަރު ފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

6 ރަމަޟާން 1436

23 ޖޫން 2015
ހޯދާ