ދިވެހިރާއްޖެ
ތިރީގައި މިދަންނަވާގޮތުގެ މަތިން 150-200 ދެމެދުގެ އަދަދުގެ މީހުންނަށް، ގޮނޑި/މޭޒާއެކު ރޭގަނޑުގެ ފަރިއްކޮޅެއް އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.
ތާރީޚު: 22 ޖުލައި 2015 (ބުދަ)
ގަޑި: 20:00 ރޭގަނޑު
ތަން: ދޮށިމޭނާ މާލަމް، ދަރުބާރުގެ
އިތުރަށް ބޭނުންވާ ތަކެތި: 15 މޭޒު، ފޮތިއަޅައި ތައްޔާރުކުރުން
މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ، ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 14:00އާ ދެމެދު، ނަންބަރު 3009211، 3009214 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 1 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00އަށް ޕޯސްޓް ބިލްޑިންގ 3 ވަނަ ފަންގިފިލާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި "ކޭޓަރކޮށްދެއްވުން އެދި" މިހެން ޖައްސަވައިދެއްވުން އެދެމެވެ.
08 ރަމަޟާން 1436