ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ތަޖުރިބާ ނެތި، ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭ ދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

17

މަޤާމުގެ ޝަރުޠު:

 

  1. ތަޖުރިބާއާއެކު  މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  2. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  4. ލެވެލް  3  ގެ  ސެޓްފިކެޓަކަށްފަހު،  ތަޖުރިބާގެ  ސަބަބުން،  ބޭނުންވާ  ދާއިރާއިން  ޚާއްޞަ  ހުނަރުތަކެއް  ހުރުން  ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  5. މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

އެޑްމިން އޮފިސަރ ގްރޭޑް 4 ގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

3

ސްޕައިން ޕޮއިންޓް:

10

މަޤާމްގެ ޝަރުޠު:

 

  1. ކުރާ މަސައްކަތާބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން. ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓިފިކެޓަށްފަހު، ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން.
  2. ތަޖުރިބާ ނެތަސް ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
  3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ފެކަލްޓީ ހުޅުވައިލެއްޕުމާއި، ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތްކުރަންޖެހުމުން އެކަން ކުރުން.
  2. ސްޓޮކަށާއި ޕްރެކްޓިކަލްތަކަށް ބޭނުންވާ ތަކެތި ދަތިނުވާނޭހެން ހޯދުމާއި، ތަކެތި ބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުމާއި، މިކަންކަމާގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކުރުން.
  3. ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓުތައް ލެކްޗަރާއިން ވިދާޅުވާގޮތަށް ތައްޔާރުކޮށްދިނުމާއި، ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސްބޯޑަށް އެރުވުމާއި، އެ ނޯޓިހެއްގެ ބޭނުންކެނޑުމުން އެ ނޯޓިހެއް ނެގުން.
  4. ކޯސްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ކުލާސްތަކުގެ ހާޒިރީ ބެލެހެއްޓުމާއި، ފީދައްކައިގެން ހިންގާ ކޯސްތަކުގެ ދަރިވަރުން ފީނުދައްކާނަމަ، އެފަދަ ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  5. ދަރިވަރުންގެ އެސައިމަންޓުތަކުގެ ނޯޓްސް ލެކްޗަރާއިން ދެއްވުމުން، އެ ނޯޓުތައް ދަރިވަރުންނާ ހަވާލުކުރުމާއި، އެސައިމަންޓުތައް ގެނައުމުން، އެ އެސައިންމަންޓުތައް ބަލައިގަތުމަށްފަހު ލެކްޗަރާއިންނަށް ހަވާލުކުރުން.
  6. ފެކަލްޓީއަށް ލިބޭ ލިއުންތަކާ ހަވާލުވެ، އެންޓްރީކޮށް، ވެރިޔާ ލައްވާ ސޮއިކުރެވި، އެ ލިއުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާ ހަވާލުކުރުން.
  7. ކޮންމެ ދުވަހަކު، އެ ދުވަހެއްގައި ކުރި މަސައްކަތް ބަޔާންކޮށް ޔައުމިއްޔާ ލިޔެ، ވެރިއެއްގެ ސޮއިކުރުމަށްފަހު، ފައިލް ކުރުން.
  8. ފެކަލްޓީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތައް ލިޔުމާއި، އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބުލިޔުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަ ތަކެތި ފޮނުވުމުގެ ކަންތައްކުރުމާއި، ފައިލްކުރަންޖެހޭ ހުރިހާ ލިޔުންތައް ފައިލްކުރުން.
  9. ފެކަލްޓީގެ އިދާރީ ހަރަކާތްތަކުގެ އިތުރުން، އެކަޑެމިކް މުވައްޒަފުން ރާވައިގެން ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓުތަކާއި، ފަންޑް ރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް، މިފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  10. މީގެ އިތުރުން، އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން، ވެރިން އަންގަވާގޮތުގެމަތިން އޭނާގެ މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • މި އިޢުލާނާ ގުޅިގެން، 22 ޖޫން 2015 ގައި ކުރެވުނު  MNU-HR/2015/323 ނަންބަރު އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖޫން 29 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 8 ރަމަޟާން 1436

25 ޖޫން 2015
ހޯދާ