ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
މެސްރޫމް ވެއިޓިންގރޫމަކަށް ބަދަލުކުރަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މެސްރޫމް ވެއިޓިންގރޫމަކަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖުލައި 2015 (ބުދަ) ދުވަހުގެ 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7925523 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

04 ރަމަޟާން 1436

21 ޖޫން 2015
ހޯދާ