މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ ގދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސްގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސްގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ގދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ގދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

4 ރަމަޟާން 1436

21 ޖޫން 2015
ހޯދާ